ޚަބަރު

ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޓްރެވެލަރ ޑިކްލެރޭޝަން ފޯމު ފުރަން ނުޖެހޭ ގޮތަށް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ޓްރެވެލަރ ޑިކްލެރޭޝަން ފޯމު ފުރަން ނުޖެހޭ ގޮތަށް ހަދައިފިއެވެ.

Ads by Sosun Fihaara

އިމިގްރޭޝަނުން ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މިއަދުން ފެށިގެން ޓްރެވެލަރ ޑިކްލެރޭޝަން ފޯމު ރާއްޖެ އަންނަ ފަރާތްތަކާއި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ފުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްޢާން ވަހީދު ނިންމާފައިވާ ކަމަށެވެ.

މި ފޯމު ފުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަށް ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

 

Ads by HDC
  1. ީއިސްމާއީލް

    އަވަހަށް ބަންގްލާދޭށް ކޯޓާވެސް ހުޅުވާދިނުން އެދެން

  2. ޢިބުރާހިމް އުމަރު މަނިކު

    މިފަހަރު ކިތައް ކޯޓާގެ ބޭނުން ހިފާލަން ކުރިކަމެއްބާ؟