Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުނަހަންދޫ ސުކޫލުގެ ޓީޗަރުން ހަމަނުވާ މައްސަލައިގައި އެ ސުކޫލުގައި ތަޅުއަޅުވައިފި

ކުނަހަންދޫ ސުކޫލުގެ ޓީޗަރުން ހަމަނުވާ މައްސަލައިގައި އެ ސުކޫލުގައި ތަޅުއަޅުވައިފި

ލ. ކުނަހަންދޫ ސުކޫލަށް ޓީޗަރުން ހަމަނުވެ، ސުކޫލުގެ ޕްރިންސިޕަލްވެސް ރަށުގައި ނުހުންނަ މައްސަލަ ބޮޑުވެ ބައެއް ބެލެނިވެރިން ނިކުމެ އެ ސުކޫލުގައި ތަޅުއަޅުވައިފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި، ދެވަނަ ޓާމުން ފެށިގެން އެ ސުކޫލުގައި ޓީޗަރުން ހަމަނުވުމުގެ ސަބަބުން ބައެއް މާއްދާތައް ފެށިފައިނުވާއިރު، އެގޮތަށް ޓީޗަރުން ހަމަނުވަނީ މަތީ ގްރޭޑްތަކުގެ މާއްދާތަކަށެވެ. މީގެ އިތުރުން، އެ ރަށު ސުކޫލުގައި ހުންނަ އެ އަތޮޅު ހިތަދޫ ޕްރިންސިޕަލްވެސް ރަށުގައި ނުހުންނަކަމަށާއި ސޮއިކުރުމަށްފަހު ޕްރިންސިޕަލްވެސް ދަނީ ހިތަދޫއަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ސުކޫލުގައި ތަޅު އަޅުވާފައިވަނީ ރޭގެ ވަގުތެއްގައިކަމަށްވާއިރު، އެނގިފައިވާގޮތުގައި، މިއަދު ބެލެނިވެރިން ދަނީ ސުކޫލު ދޮށުގައި އިހުތިޖާޖުކުރަމުންނެވެ. އަދި ޕްރިންސިޕަލް ބަދަލުކުރުމަށް ބެލެނިވެރިން ގޮވާލަމުންދާކަމަށްވެސް ވެއެވެ.

Advertisement
HDC — Sidebar (box)

ބެލެނިވެރިންގެ ކަންބޮޑުވުންތައް ޙިއްޞާކޮށް އޮންލައިން ނޫހަކަށް މަޢުލޫމާތުދެއްވަމުން އެ ރަށުގެ މީހަކު ބުނެފައިވަނީ، މިކަންކަމަކީ ބެލެނިވެރިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށާއި އެ ސުކޫލުގެ ބައެއް ބޮޑެތި ކަންތައްތައް ހިންގާއިރުވެސް ޕްރިންސިޕަލް ނުހުންނަ ކަމަށެވެ. އަދި ފާއިތުވި ހަތަރު އަހަރަށް ބަލާއިރު އެ ސުކޫލަށް ކުރިއެރުން ނުލިބޭކަމުގެ ކަންބޮޑުވުންވެސް ބެލެނިވެރިންގެ އޮންނަކަމަށްވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް