ޚަބަރު ސިޔާސީ

ގަމުން ގިނަ ބަޔަކު ޕީއެންސީއާ ގުޅިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ލ. ގަމުން 600 މީހުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއި ގުޅިއްޖެއެވެ.

Ads by Hajj Corporation

ގަމުން ޕީއެންސީއާއި ގުޅުނު މެމްބަރުންގެ ފޯމުތަކާއި ހަވާލުވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުއްރަހީމެވެ.

ގަމުން 600 މީހުން ޕީއެންސީއާ ގުޅިފައި ވަނީ ޕީއެންސީއަށް ވަކި އޮފީހެއް ގާއިމުކޮށް ޕާޓީ ދަފުތަރަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް އެ ޕާޓީން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ފެބްރުއަރީ 21 އާ ހަމައަށް ޕީއެންސީގައި މެންބަރުންގެ ގޮތުގައި ތިބީ 3159 މެންބަރުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ތިން މަސް ތެރޭގައި ޕީއެންސީ އަށް 10،000 މެމްބަރުން އިތުރުކޮށް، އެ ޕާޓީ ވަރުގަދަ ކުރުމެވެ. އެ ކަމަށްޓަކައި އެ މަނިކުފާނު ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވަނީ ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ޕީޕީއެމް/ޕީއެންސީ ގުޅިގެން ވާދަކޮށް، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!