ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޢަބްދުއްރައްޒާޤު އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މ. ރަނިކަ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ޢައްޔަންކުރައްވައިފިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މި މަގާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އެމް.ޓީ.ސީ.ސީ. އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.
މީގެ އިތުރުން ވެސް ރައީސް ޑރ. މުޢިއްޒު ވަނީ ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ބައެއް ބޭފުޅުން ޢައްޔަނުކުރައްވައި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ވެސް ދެއްވާފައެވެ.