ޚަބަރު ސިޔާސީ

ޕީއެންސީއާ ގުޅުނު 2،000 އަށްވުރެ ގިނަ މީހުންގެ ފޯމު ހަވާލުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
އިސްދޫން ޕީއެންސީއާ އަލަށް ގުޅުނު ފަރާތަތްކުގެ ފޯމު ހަވާލުކުރަނީ..

ވެރިކަން ކުރާ މައި ޕާޓީ, ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފައިވާ 2,000 އައްވުރެ ގިނަ މީހުންގެ ފޯމު ހަވާލުކޮށްފިއެވެ.

Ads by Hajj Corporation

މި ފޯމުތަކާ ހްވާލުވީ އެ ޕާޓީގެ ޗެއާޕަރސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެވެ.

ޕީއެންސީއާ އަލަށް ގުޅުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ލ. ގަމުން 370 ފޯމު، ގދ. ތިނަދޫއިން 150 ފޯމު، އައްޑޫ މީދޫން 100 ފޯމު، ލ. ގަމުން އިތުުރު 600 ފޯމު، މައްޗަންގޯޅި ދެކުނުން 350 ފޯމު، ފ. ނިލަންދޫން 200 ފޯމު، ތ. ކިނބިދޫން 150 ފޯމު މީގެ އިތުރުން ވެސް ބައެއް އިތުރު ދާއިރާތައް ހިމެނެއެވެ.

މިދިޔަ ފެބްރުއަރީ 21 އާ ހަމައަށް ޕީއެންސީގައި މެންބަރުންގެ ގޮތުގައި ތިބީ 3159 މެންބަރުންނެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ތިން މަސް ތެރޭގައި ޕީއެންސީ އަށް 10،000 މެމްބަރުން އިތުރުކޮށް، އެ ޕާޓީ ވަރުގަދަ ކުރުމެވެ. އެ ކަމަށްޓަކައި އެ މަނިކުފާނު ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވަނީ ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ޕީޕީއެމް/ޕީއެންސީ ގުޅިގެން ވާދަކޮށް، މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދުމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!