ރިޕޯޓް

މިނިސްޓަރު ޝަހީމްގެ ތަޖުރިބާއާއެކު ހަލުވި ދުވެލީގައި އިސްލާމިކް މިނިސްޓްރީ ސަރުކާރުގެ އެންމެ ކުރީގައި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

މި ސަރުކާރުގެ އެންމެ ހަލުވި ދުވެލީގައި ކުރިޔަށް ދާ އެއް މިނިސްޓްރީއަކީ އިސްލާމިކް މިނިސްޓްރީއޭ ދެންނެވިޔަސް އެކަން ދޮގު ކުރާނެ މީހަކު ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. މިނިސްޓަރު ކަމަށް ޢައްޔަން ކުރެވުނު ރޭ، މީސްމީޑިއާއަށް ބީރައްޓެހި މިނިސްޓްރީތައް, މީސްމީޑިއާ ހިޞޯރުކޮށްލިތަން ފެނިގެން ދިޔައެވެ. ރާވާފައިވާ ޕްރޮޖެކްޓްތަކާއި, ކުރިޔަށް ހުރި މަޝްރޫއުތަކުގެ ވާހަކަތަކުން މުޅި ފީޑް ފުރާލިއެވެ. ފެށި ނުނިމި ހުރި ޕްރޮޖެކްޓް ތަކުގެ ދުވެލި ބާރުކޮށް, އައު ޕްރޮޖެކްޓްތައް ފައްޓަވާ އިސްލާމިކް މިނިސްޓްރީގެ ހުންގާނުގައި, ޑރ. ޝަހީމް އަލީ ސަޢީދު, ހިއްޕެވީ ވަރަށް ބޮޑު އުންމީދަކާއެކުގައެވެ.

Ads by STELCO

އެއީ ރާއްޖޭގެ ވެރިކަމާ މިމަހު 16 ވަނަ ދުވަހު ހަވާލުވެ ވަޑައިގެންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރެއްސެވި އިސްލާމީ ދިވެހި މުޖުތަމަޢުގައި ކުލަ ޖައްސަވައިދެއްވުމުގެ އުންމީދުގައެވެ.

މިއަދު "ދެން"ގެ ޓީމާއެކު ޑރ. ޝަހީމު ވަނީ އެމަނިކުފާނުގެ ވުޒާރާއިން ކުރިޔަށް އޮތް 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ބައެއް ކަންކަމާއި, އެމަނިކުފާނުގެ ތަޞައްވަރާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިސްކިތްތަކާ ގުޅޭ ޤައުމީ މަޖިލީހެއް

ސަރުކާރުގެ އިޙްމާލުން ބައެއް މިސްކިތްތައް ވަރަށް ބޮޑަށް ވީރާނާވަމުން ދިޔަ މަންޒަރު މިދޭތެރެއިން ފެނިގެން ދިޔައެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވާނެ ބަޖެޓް ނެތި, ފަންޑެއް ޤާއިމްކުރިތަން ވެސް ފެނިގެން ދިިޔައެވެ. މި ސަރުކާރު އައީ އެކަން ނިމުމަކަށް ގެނައުމުގެ ވަޢުދާއެކުގައެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި އެ މިސްކިތެއްގެ ކަންކަން އެންމެ ބޮޑަށް އިނގޭނީ އެ މިސްކިތެއްގެ އިމާމަކަށެވެ. އެހެންވެ, ސަރުކާރުގެ ވިސްނުމަކަށްވީ މިސްކިތްތަކާ ގުޅޭ ޤައުމީ މަޖިލީހެއް އުފައްދަވާށެވެ. އެއީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ތެރެއިން މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވިގެންދާ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވި ގޮތުގައި އެ މަޖިލިސް ވެެގެންދާނީ އިސްލާމިކް މިނިސްޓްރީއަށް ލަފާ ދޭ މަޖިލީހަކަށެވެ. މަޖިލީސް ޗެއަރ ކުރައްވާނީ އިސްލާމީ މަރުކަޒުގެ މައި އިމާމެވެ. ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅުތައް އަކުރުން އަކުރަށް، ވީހާވެސް އަވަހަށް ފުއްދުމަށް ޑރ. ޝަހީމުގެ ޓީމު އޮތީ ތައްޔާރަށެވެ.

"ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި އެބަހުރި އިސްލާމްދީނުގެ ކަންކަން ހަރުދަނާ ކުރުމަށް ވަރަށް ގިނަ މައުޟޫޢުތައް ބަޔާންކޮށްފައި. ރައީސް މުޢިއްޒުގެ އަމާޒާ އެއްގޮތަށް އެކަންކަން ކުރުމަށް މި ވުޒާރާއިން މިދަނީ ފިޔަވަޅުތައް އަޅަމުން. އަދި ވަރަށް ބާރު މިނުުގައި, ވަރަށް އަވަސް މިނުގައި ކުރިޔަށް ދޭތޯ މިދަނީ މަސައްކަތް ކުރަމުން."

ވަޤްފް ޕްރޮޖެކްޓްތައް އިތުރު ކުރުން

އިސްލާމިކް މިނިސްޓްރީން އެންމެ މުހިންމު ކަމެއް ދީގެން މިވަގުތު ކުރަމުންދާ ދެވަނަ މަސައްކަތަކީ ވަޤްފް ޕްރޮޖެކްޓްތައް އިތުރު ކުރުމެވެ. އެއީ މިސްކިތުގެ އާބާތުރަ ފިލުވުން ފަދަ ކަންކަމަށް ޚަރަދު ކުރާނެ ފައިސާ ހޯދުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓެވެ.

ޑރ. ޝަހީމް މައުލޫމާތު ދެއްވަނީ.. ދެން އިމޭޖްސް

ރާއްޖޭގައި ފުރަތަމަ އިމާރާތް ކުރި ވަޤްފު ބިލްޑިން، ދާރުލްއީމާންއަކީ 2017 ވަނަ އަހަރު ޑރ. ޝަހީމުގެ އިސްލާމިކް މިނިސްޓަރު ކަމުގައި ބިނާ ކުރެވުނު ތަނެކެވެ. އެއީ ބޭރުގެ ފަރާތެއްގެ ދީލަތި އެހީއާއެކު ބިނާކުރެވުނު އިމާރާތެކެވެ. އެތަން މިހާރު ހުންނަނީ ބައެއް އޮފީސްތަކަށް ކުއްޔަށް ދީފައެވެ.

ޑރ. ޝަހީމް ވިދާޅުވީ ދާރުލްއީމާންގެ ކުލީގެ ގޮތުގައި އަހަރެއްގެ މައްޗަށް ހަ މިލިޔަން ރުފިޔާ ލިބޭ ކަމަށެވެ. މިހާރު އެ ފައިސާ ބޭނުން ކުރަނީ މިސްކިތު ފަންޑަށް ކަމަށް ވެސް ވިދާޅުވިއެވެ.

މިސްކިތު ފަންޑު ތަރައްގީކޮށް ވަޤްފު އިމާރާތްތައް އިތުރު ކުރުމަށް ރައީސް ޑރ. މުޢިއްޒު ވެފައިވާ ވައުދުގެ ދަށުން ދެވަނަ ވަޤުުފު އިމާރާތެއްގެ ބިންގާ މިއަންނަ ޖެނުއަރީ މަހު އެޅިގެންދާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

ޒަކާތް ހައުސް އުފެއްދުން

ޒަކާތާ ގުޅޭ އެންމެހައި ކަންތައްތައް ތަރުތީބު ކުރުމަށް ޚާއްސަ  އޮފީހެއް "ޒަކާތު ހައުސް"ގެ ނަމުގައި ޤާއިމް ކުރުމަކީ ވެސް މިހާރު އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތެކެވެ.

ރާއްޖޭގައި 1984ވަނަ އަހަރުގައި ޒަކާތާއި ގުޅޭ ޚާއްސަ އިދާރާއެއް ވަނީ އުފައްދާފައެެވެ. ފަހުން އެ އިދާރާ ބަދަލުކޮށްފައިވަނީ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އޮފީހުގެ ދަށަށެވެ. އޭގެ ފަހުން 1996ވަނަ އަހަރު އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް އުފެއްދުމަށް ފަހު އެ އޮފީސް ބަދަލުވީ އެ މަޖިލީހުގެ ޑިޕާޓްމަންޓަކަށެވެ.

އޭގެ ފަހުން އެތަން ހިންގަމުން އަންނަނީ އިސްލާމިކް މިނިސްޓްރީގެ ޔުނިޓެއްގެ ގޮތުގައެވެ.

"ޒަކާތާ ބެހޭ އޮފީސް ވަކި އިދާރާއެއްގެ ގޮތުގައި މިއަދާ ހަމައަށް ދެމިގެން އައި ނަމަ އެއީ ވަރަށް ބޮޑު ހެވެއް މިޤައުމަށް އަންނާނެ" އެފަދަ އޮފީހެއް އޮތުމުގެ މުހިންމު ކަން އިޝާރާތް ކުރައްވާ ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމުގެ ވިސްނުން ހުރީ ޒަކާތް ހައުސް އުފައްދާ, ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޤާނޫނީ އިމުގެ ތެރެއިން އިންވެސްޓްކޮށްގެން އެއިން ނަފާ ހޯދާށެވެ. އޭރުން ޒަކާތުގެ ބެހެނިވެރިންނަށް ޒަކާތުން ލިބޭ ފައިދާ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މެލޭޝިއާ, ބުރުނާއި, އިންޑޮނޭޝިއާ, އަދި ވަރަށް ގިނަ އިސްލާމީ ޤައުމުތަކުގެ ޒަކާތުގެ ޑިޕާޓްމެންޓްސްތައް މިއަދު މިވަނީ ޒަމާނީ ކުރެވިފައި. އަޅުގަނޑުމެންގެ ދިވެހިރާއްޖެ ކީއްވެގެންތޯ ފަހަތުގައި އޮންނަންވީ؟" ރާއްޖޭގައި އެކަމަށް ޤާބިލު މީހުން ތިބިކަމަށް އިޝާރާތް ކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުގައި 1000 މީހުން ޙައްޖަށް ފޮނުވުން

އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ މުހިންމު ކަންތައްތަކުގެ ތެރެއިން ހަތަރު ވަނަ ކަމަކީ ދައުލަތުގެ ޚަރަދުގައި 1000 މީހުން ޙައްޖަށް ފޮނުވުމެވެ. އެކަން ކުރުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.

ޙައްޖު ކޯޕަރޭޝަން ހަރުދަނާކޮށް ޙައްޖުގެ އަގު ހެޔޮކުރުމުގެ އިތުރުން، ފަސް އަހަރު ތެރޭގައި 1،000 ފަގީރުން ހިލޭ ޙައްޖުގެ އަޅުކަމަށް ފޮނުވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

އެ ވައުދުފުޅާ އެއްގޮތަށް މިއަހަރުގެ ޙައްޖުގައި, ސަރުކާރުގެ ޚަރަދުގައި ބަޔަކު ހައްޖަށް ދާނެ ކަމުގެ ޔަޤީންކަން ޑރ. ޝަހީމް މިއަދު ދެއްވިއެވެ.

ޝަހީމް ވިދާޅުވީ, ޙައްޖަށް ފޮނުވާ މީހުންގެ އަދަދު ކަނޑައަޅާނީ ކޯޓާ ލިބޭ މިންވަރަކަށް ބަލައިގެން ކަމަށެވެ. ނަމަވެސް ހިލޭ ޙައްޖަށްދާ މީހުންގެ ފުރަތަމަ ބެޗް މިއަހަރު ދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

Ads by Ooredoo
  1. އިސްތިއުފާ

    ރައީސް ޔާމީން ޕީޕީއެމް އިން އިސްތިއުފާ ދިނުން މާނައަކީ ރައީސް ޔާމީން މިސަރުކާރަށް ކުރާ ތާއީދު އަނބުރާގެނައީއޭ ޕީޕީއެމްގެ ސިޔާސަތު ކުރިއަރުވާނެ ވަޒީރުންނެއް ނޫން މުއުއްޒު ނެގީ އޭނާގެ އަމިއްލަ ސިޔާސަތު ކުރިއަރުވާނެ ވަޒީރުން އޭނާ ނެގީ ބަލަގަ ޕެޓް ފެންފުޅި ނުއުފެއްދުމުން ގެއްލުން ވަނީ ނިކަމެތި ރައްޔިތު މީހާ އަށް މިކަންވެސް ރައީސްއަށް ލިބިދޭ ބާރުގެ ދަށުން ހުއްޓުވަން ނުކެރުނޭ މުއިއްޒު އަށް މުއިއްޒު ވެރިކަމަށް އައީ ކިއެއްކުރަންތޭ

    • އަލިކޮއި

      އަބަދުވެސް ކޮންމެސް ފަންޑެއް ހަދައިގެން ލާރިގަނޑެއް ހޯދުމުގެ މަސައްކަތް ކުރާ އެކަމަކު ދީނީ ވަޒީރު! ޒަކާތުން ލިބޭ ލާރިންވެސް ކުރިން ހުރިއިރުވެސް ބޯންމެރޯ ހަދަން ފޮނުވީވެސް ރަަށު މީހުންނެވެ.

  2. ހަސީނާ

    މިއީ އިސްލާމިކް މިނިސްޓަރަށްވުރެން ބޮޑަށް ޓްރޭޑް މިނިސްޓަރ ނޫނިއްޔަަ ސޯޝަލް ވެލްފެޔަރ މިނިސްޓަރެކެވެ.

  3. އެއްލާލާ

    މުއިއްޒު ބުނީ ތިމަންނާ އަށް ފެންނަ ވަޒީރުންނޭ ލާނީ ލައިގެން ކެއްކުނު ޑޮންޑޮނެއް ނެތެއް ނޫންތޭ މުއުއްޒު މާލެ ސީޓީ ކައުންސިލް ހިންގި ގޮތަށް ގައުމު ވެސް ހިންގާނީ އެއްވެސް ނަތީޖާ އެއް ނެރެނުދެވޭނެ ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ މުއިއްޒު އަކީ ސަރުކާރެއް ހިންގުމުގެ ގާބިލްކަން ހުރި މީހެއް ނޫނޭ މަކަރުވެރި ރޮގުން ޕީއެޗްޑީ އެބައޮތޭ މުއިއްޒު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  4. ތިލަމާލެ ބްރިޖްގެ ކޮލިޓީ ރަނގަޅޭ ތަމެން މުއިއްޒު މެން ކަޓްކާލައިގެން ބުނަނީ ކިހިނެއްތޭ ފުރަތަމަ ކަމަކީ ދަބަރު ޖަހާފައިވާ ދަގަނޑު ކޮންކްރީޓް ސްޓްރަކްޗަރ އަށް މޫދުގައި އަޅާ ތަނެއްގައި ބޭނުން ކުރުން އެއީ ސްޓޭންޑަރޑް އާއި ޚިލާފު ކަމެކޭ ބޭނުން ކުރަން ޖޭހޭނީ ޕައުޑަރކޯޓެޑް ދަގަނޑު ތަކޭ އަނެއް ކޮޅުން ތިޔާ ޔާރޑް އަކީ ހިއުމިޑިޓީ އާއި ލޮނުގެ އަަަސަރުނުކުރާ ގޮތަށްބަންދު ނުމުރެވި އޯޕަން އެއަރގައި ކުރާ އާދައިގެ ސިމެންތް ކޮންކްރީޓަށް ބޭނުން ކުރަނީ ސަލްފަރ ރެސިސްޓެންޓް ސިމެންތި ނޫން ބޭނުންކުރަނީދޯ މުއިއްޒު އެޅި ދުޥަ ޓްރެކް ވެސް 1 އަހަރު ތެރޭ ފުނޑު ފުނޑު ވެއްޖެ މަޖީދީ މަގު ޕޭވްމެންޓް 6 މަސްތެރޭ ފުނޑިއްޖެ މީހުން އަޅާ ޒާތުގެ ގަލެއް ނޫން ޕޜވްމެންޓްގައި އެޅީ ފޯއް ޕީއެޗްޑީ ދޯ ތަ ނަގައިގެން އުޅެނީ

  5. ޟުވައްޒަފަކާ ދިމާލަށް ބަލާވެސް ނުލާނެ . ޙީވެސް ނުލާ . ފޮނި ބޮޑާ މީހެއް

  6. ތަމެންދޯ

    ކިހިނެއްތޭ ބްރިޖްގެ ކޮލިޓީ އެންމެ ދުވަހެއްގެ އެންމެ ބައިގަޑިއިރު ތެރޭގައި ބްރިޖްގެ ކޮލިޓީ ރަނގަޅޭ ބުނެވޭނީ އިންޑިއާ މީހުންނަކީ ޑޮކިއުމެންޓް ފުރިހަމަ ކުރާނެ ބައެކޭ އެކަމަކު ޕްރެކްޓިކަލް އެޕްލިކޭޝަން ގައި ތަފާތުވާނެއޭ މަމެން ދަންނަމޭ އިންޑިއަން ވާރކިންގް ކަލްޗަރ އިންޑިއާގައި ބްރިޖެއް ނުވެއްޓޭ އަހަރެއް ނުދޭ އެހުރިހާ ބްރިޖްސް ތަކުގެ ކޮލިޓީ ގެ ކަރުދާސް ތައް ހުރެއޭ މަމެން ސުވާލަކީ ދަބަރު ޖަހާފައި ހުންނަ ދަގަނޑު ތައް ކޮންކްރީޓަށް ލައްވަނީ ކިއެއްވެތޭ މުއްތަލިބު އިންޑިއާގެ އެފްކޮންސް އަތުން ކަޓްކާލައިގެން ހަދަނީ ރޯބުހުތާނު ދޮގޭ ދޮގޭ ދޮގޭ ޗައިނާގެ އެހީގައި އެޅި ބްރިޖް ދަށުން ދާއިރު މިހާރު ދަބަރު ހިލެން ފަށައިފިއޭ އަދި 5 އަހަރު ނުވެއޭ މީވެސް ބަލަން ޖެހޭނެ ކަންކަމޭ…

  7. ދަސީލާދޯ

    ރައީސް ޔާންޓޭ ފަހާލެވޭވަރުގެ މަހެއް މިރާއްޖޭގެ ސިޔާސީކަނޑަށް ނާރާނެއޭ މުއިއްޒު އާއި އަދުރޭ އެއުޅެނީ އަދި ވަރަށް ފަހަތުގައޭ އެކަން މަމެން ދައްކާނަމޭ މުއިއްޒު އަދި އަދުރޭ އަށް އަދި ނައިފަރު ޝިޔާމް އަށް ޔާންޓޭ ވެރިކަމުގައި ހުރިނަމަ މަޖްލީހުގެ އެއްވެސް މެމްބަރަކަށް ވަޒީރުކަން ނުދޭނެއޭ އެމެން ބައިތިއްބާނީ މަޖްލީހުގައި ސަރުކާރު ތަމްސީލް ކުރަން މުއިއްޒުގެ ސިޔާސީ ތަޖްރިބާގެ ކަންފުޅެއް ވެސް ނެތުމުންނޭ މަޖްލީހުގެ ހުރިހާ މެމްބަރުން ވަޒީރުންނަށް ހެދީ އޭނާ ކަނޑުކޮސް ކަމުންނޭ މުއިއްޒު އަދި އަދުރޭ އަށް މަމެން ދައްކާނަމޭ ޕޮލިޓިކަލް ސައެންސްގެ އަލިފުބާ ވެސް ތަމެންނަށް ނޭގޭ ކަން މުއިއްޒު ޕީއެޗްޑީ ނަގައިގެން ހުރި މީހަކު ގަބުޅި ކަތީބެއްގެ ދަށުވުން އެއީ އޭނާ ނެގި ޕީއެޗްޑީގައި އެއްވެސް ފެންވަރެއް ނެތް ކަން އަންގައިދޭ އަލިގަދަ ދަލީލު ތަކޭ ނޯ ކެލިބަރ އޮން ޔުއަރ ޕީއެޗްޑީ ދޯ މުއިއްޒު ތަ ދެން ދެފައި ދަނޑިއަށް ސީލަބަލަ މުއިއްޒު ސީލާ ސީލާ ސީލާ ދަ ސީލާ ދޯ ބަލާ އެހެރަގެން ފައިބަނީ ދޯ

  8. ކަނޑުކޮހުންނޭ

    މުއިއްޒު ހީކުރީ ޔާންޓޭ ދުރުގައި ކުޅި ބަލަން ހުންނާނެ ކަމަށްތޭ ކެނެރީގެ ނަޝީދާއި ރައީސް ޔާމީނާއި ތަފާތު ގޮތަކީ ވަރަށް ހުޅުވިފައިވާ ސިކުނޑި އަކުން ވަރަށް އާދައިގެ ބަހުންނޭ މަމެން ސިޔާސީ ކަންކަމުގައި ވާހަކަ ދައްކަނީ ރައީސް ޔާމީންގެ ސިޗުއޭޝަން ރޫމް ގައި ކުރާ ސިޔާސީ ދިރާސާ އަކީ އެއީ ކެނެރީގެ ނަޝީދު އަދި މުއިއްޒު އަދި މައުމޫނު މެންނާއި މުޅިން ތަފާތުވާނެއޭ އިންޑިއާ އައުޓް ޓީޝާރޓް ގައި ލިޔެގެން އެޓީޝާޓް ލައިގެން ނިކުންނަން ކެރުނީ ޔާމީނަށް އެކަނިދޯ ޔާންޓޭ ތަފާތުވާނެއޭ ވަރަށް ބޮޑަށް ތަފތުވާނެއޭ ވަރަށް ބޮޑަށް ކެރޭނެއޭ އަދި ސީދަލަށް ގޮން ޖަހާނެއޭ ނޫސްވެރިންނަށް ވެސް އެކަން ކުރަން ނުކެރޭނެއޭ ސިޔާސީ ބޮޑުންނަށް ރައީސް ޔާންޓޭ ނޫސްވެރިން ވެސް ކުޑަކަކޫ މައްޗަށް ތިރިކުރާނެއޭ އެމެން ބޭނުން ގޮތަށް ޖަވާބު ދޭން ނުހުންނާނެއޭ މަޑުން މީ ރާއްޖޭގައި ތިބޭ ސިޔާސީ ބޮޑުން ތައް ނުދަންނަ ކަމެކޭ ނޫސްވެރިންނަށް ސަރުކާރާއި އިންޑިއާ އެމްބަސީން ރިޝްވަތު ދީގެން އިންޑިއާ އެމްބަސީން ބުނާ ސުވާލު ކުރާ ކަން ވެސް މަމެންނަށް އިނގެއޭ ކަނޑުކޮހުންނޭ…