ރައީސް މުޢިއްޒު ޕޮލިސް ބޯޑަށް ބަދަލުތަކެއް ގެންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ޕޮލިސް ބޯޑު" ގެ ބައެއް މެންބަރުން ވަކިކުރައްވައި އެ ބޯޑަށް ބައެއް މެންބަރުން ޢައްޔަނު ކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސް އޮފީހުން ވިދާޅުވީ ޤާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ "ޕޮލިސް ބޯޑު" ގެ ބައެއް މެންބަރުން ވަކިކުރައްވައި ޕޮލިސް ބޯޑަށް ބައެއް މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިއްޔެ ޢައްޔަނު ކުރައްވާފައިވާ ކަމަށެވެ.
ޕޮލިސް ބޯޑު މިހާރު އެކުލަވާލާފައިވާ ގޮތް:
- އަޙްމަދު ޝަރީފް (ގުލްފާމްގެ، ތ.ހިރިލަންދޫ) - ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
- ޢާއިޝަތު ނޫރާ މުޙައްމަދު (ހ.ނޫމުތީ) - ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރު
- އަލްއުސްތާޛު ޢަލީ ނަޞީރު ޤާސިމް (ދަފްތަރު. ނަމްބަރ ރސ 535)- ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- އަޙްމަދު އަޒީމް (ބަގީޗާގެ، ސ.މަރަދޫފޭދޫ) - ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- އަޙްމަދު ސަޢުދީ (އަލިމަސްގެ، ހއ.ހޯރަފުށި) - ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މެންބަރު
- ޙާމިދު ޢަބްދުލްޣަފޫރު (ހ.ޝޭޑީކޯނަރ) - ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު
- އަލްއުސްތާޛާ ޞަފާ ޝަރީފް (ދެތަނޑިމާގެ / ސ.ހުޅުދޫ) - ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ މެންބަރު.
މި ބޯޑުގެ މެންބަރުންގެ ޢާއިޝަތު ނޫރާ މުޙައްމަދު އާއި ޙާމިދު ޢަބްދުލްޣަފޫރު އަދި ޞަފާ ޝަރީފް އަކީ ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ދުވަސްވަރު އެ ބޯޑަށް އައްޔަނު ކުރައްވާފައިވާ މެންބަރުންނެވެ.