ޚަބަރު

ކުޑަ ކުއްޖާއަށް އަނިޔާ ކުރި މެއިޑު އެކަމަށް އެއްބަސްވެއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބަލަން ޙަވާލު ކުރި ކުޑަ ކުއްޖަކަށް ބިދޭސީއަކު އަނިޔާ ކުރި މައްސަލައިގައި ހިމެނޭ މީހާ އެކަމަށް އެއްބަސްވެ، މަޢާފަށް ވެސް އެދިއްޖެއެވެ.

Ads by MWSC

ބެލުމަށް ޙާވާލުކުރި ކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުރީ އުމުރުން 22 އަހަރުގެ ސަންދީޕު ކޯރު ނަމަކަށް ކިޔާ އިންޑިއާއަށް ނިސްބަތްވާ އަންހެނެކެވެ.

މި މައްސަލައިގައި މި އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

އޭނާގެ ބަންދު މުއްދަތު ޖެހުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބުނެފައިވަނީ އެކަމަކީ އޭނާގެ އަތުން ކުރެވުނު ކަމެއް ކަމަށާއި އެކަމަށް މަޢާފަށް އެދޭ ކަމަށެވެ.

ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ބިދޭސީ އަންހެން މީހާގެ މައްޗަށް ދައުވާކުރުމަށް 10 ދުވަސް ތެރޭގައި ޕީޖީއަށް ފޮނުވާނެ ކަމަށްވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ސަންދީޕު އެ ކުއްޖާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ.

އޭނާގެ ފުރަތަމަ ބަންދު މަޖިލީހުގައި ފުލުހުން ކޯޓުގައި ބުނެފައިވަނީ ވީޑިއޯ އިން ކުއްޖެއްގެ ގައިގާ ޖަހާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ސަންދީޕް އެ ކުޑަ ކުއްޖާއަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ މީސްމިޑިއާގައި އާއްމުވިއިރު، ގިނަ ބައެއްގެ ނުރުހުން އެ މީހާއަށް އަމާޒު ވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!