ޚަބަރު ސިޔާސީ

ޕީއެންސީއާއި 15،000 މީހުން ގުޅިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާއި 15،000 މީހުން ސޮއި ކޮށްފިއެވެ.

Ads by STELCO
އެ ޕާޓީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދު ވިދާޅުވީ އެ ޕާޓީއާ ގުޅުނު 15,000 އަށްވުރެ ގިނަ މީހުންގެ މެމްބަރޝިޕް ފޯމު މިހާރު ޕާޓީގެ އޮފީހާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 11,000 ފޯމު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ ފުރަަތަމަ އަމާޒު ހިފީ 10,000 މެންބަރުން ހަމަކުރުމަށެވެ. ނަމަވެސް ވަކި އޮފީހެއް ހަދައި، ޕާޓީ ބޮޑު ކުރުމުގެ މަސައްކަތް ބާރު ދުވެލީގައި މިހާރު އަންނަނީ ކުރަމުންނެވެ.
ޕީއެންސީ ބޮޑު ކުރުމުގެ މަސައްކަތް ފަށައިފައިވާއިރު، އެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ކޯލިޝަނުން ވަކިވެވަޑައިގެންފައެވެ. އެމަނިކުފާނު ގެންދަވަނީ އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!