ޚަބަރު

"އީ-ގޭޓް" ގެ ޚިދުމަތް އަލުން ފަށައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ދިވެހިންނަށް ފަސޭހަކަމާއެކު "ސީމްލެސް ޓްރެވަލް" ގެ ޚިދުމަރް ފޯރުކޮށްދިނުމުގެ ގޮތުން، "އީ-ގޭޓް" ގެ ޚިދުމަތް މޯލްޑިވްސް އިމިގްރޭޝަން އިން އަލުން ފަށައިފިއެވެ.

Ads by STELCO

އިމިގްރޭޝަނުން ވިދާޅުވީ، "އީ-ގޭޓް" ގެ ޚިދުމަތާއެކު ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް އިމުގާ ޓްރެވެލަރ ޑެކްލަރޭޝަން ފޯމު ފުރިހަމަކުރަން ނުޖެހޭގޮތަށް ހަމަޖެއްސުމާއެކު، މިހާރު "އީ-ގޭޓް" ގެ ޚިދުމަތްވެސް ފަސޭހަކަމާއެކު ލިބިގެންދާނެކަމަށެވެ.

އެގޮތުން، "އީ-ގޭޓް" ގެ ޚިދުމަތް ބޭނުންކުރާއިރު އެންމެ ފުރަތަމަ ބޯޑިން ޕާހުގެ ބާކޯޑު އިންނަ ފަރާތް ސްކޭނަރުގައި ޖައްސާލައި، ބޯޑިން ޕާސް ރީޑުކުރުމުގެ ހެޔޮފާހަގަ ސްކްރީނަށް އެރުމުން ބޯޑިން ޕާސް ނެގުމަށާއި ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖް ސްކޭނަރުގައި ޖެއްސުމުން، ޕާސްޕޯޓު ރީޑްކުރިކަމުގެ ހެޔޮފާހަގަ ސްކްރީނަށް އަރާނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއްވައެވެ.

ޕާސްޕޯޓު ރީޑްކުރިކަމުގެ ހެޔޮފާހަގަ ސްކްރީނަށް އެރުމުން، ޝަހާދަތް އިނގިލި ނުވަތަ ޕާސްޕޯޓާއި ޙަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގަރ ޕްރިންޓް ރީދަރުގައި ޖައްސާލުމުން ގޭޓް ހުޅުވިގެންދާނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އެހެންކަމުން، "އީ-ގޭޓް" ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އިމިގްރޭޝަންގެ ޚިދުމަތްތައް ބޭނުންކުރަން ފަސޭހަވެގެންދާނެކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!