ޚަބަރު ސަރުކާރު

ކައުންސިލުތަކަށް ހުރި ގޮންޖެހުންތައް ޙައްލު ކުރަން، މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ: މިނިސްޓަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކައުންސިލުތަކަށްހުރި ގޮންޖެހުންތައް ޙައްލު ކުރުމަށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ގއ.އަތޮޅު ކައުންސިލުގެ މެމްބަރުންނާއި ބައްދަލުކުރައްވައިފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި އަތޮޅު، އަދި ރަށު ކައުންސިލުތައް ހިންގުމަށް ހުރި ދަތިތައް މިނިސްޓަރާއި ވަނީ ހިއްސާ ކުރައްވައިފައި ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ކައުންސިލުތައް ބާރުވެރި ކުރުވުމަށް ސަރުކާރުގެ ހުރިހައި މުއައްސަސާތަކުގެ އެއްބާރުލުން، ކުރިއަށްވުރެ ބޮޑަށް ލިބޭނެ ގޮތެއް އޮންނަން ޖެހޭކަން ކައުންސިލަރުން ފާހަގަކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކައުންސިލުތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލު ކުރުމަށް، ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު ވަރުގަދަ ކުރަންޖެހޭ." އާދަމް ޝަރީފު ކުރެއްވި ޕޯސްޓުގައިވެއެވެ.

މިނިސްޓަރު އާދަމް ޝަރީފު ގެންދަވަނީ، އެކި އަތޮޅުތަކާއި ރަށްތަކުގެ ކައުންސިލަރުންނާއި ބައްދަލުކުރައްވައި، ކައުންސިލަރުންގެ ކަންބޮޑުވުންތަކުގެ އަޑު އައްސަވަމުންނެވެ.

  1. ހަރާމްކޯރު

    މުއިއްޒު މާލެ ސިޓީ ކައުންސިލް މޭޔަރަކަށް ވެސް އައިސް ފުރަތަމަ ހިފީ އޭނާ އަށް ވޯޓް ދިން ރައްޔިތުން ކަރުގައޭ އޭނާ ހޮވަން ވޯޓް ދިން ގިނަ މީހުންނަކީ އެއީ ދަފްތަރު މީހުންނޭ އޭނާ މޭޔަރަކަށް އަރާ 24 ގަޑިއިރު ތެރޭ ދަފްތަރު ބަންދުކޮށް ދެން މާލެ ސަރަހައްދަށް ބަދަލުވާން އުޅޭ މީހުންނަށް ދިނީ ބޮނޑިއެކޭ މިވަރުގެ ހަރާމްކޯރު ބަތާހަރާމީ އަކު ވެރިކަމަށް ޕީޕީއެމް މެމްބަރުން ހޮވުމުން އެބަދަވި ޕީޕީއެމް މެމްބަރުންނާއި އަދި ރައީސް ޔާމީނަށް ހަރާމްކޯރުވާން ކުޑަވެސް ފަސްނުޖެހޭނެ ކަމޭ އެގިގެން ދަނީ އޭނާ އެއީ ބަތާހަރާމީ ހަރާމްކޯރެކޭ

  2. ހަރާމްކޯރުންނޭ

    މުއިއްޒު އިސްތިއުފާ ސަރުކާރު އިސްތިއުފާ މުއިއްޒު ވައުދުވި ގޮތަށް ރައީސް ޔާމީން އޭނާގެ ވެރިކަމުގެ ފުރަތަމަ ދުވަހު ދޫނުކޮށްލާ އޭނާ އެވަނީ އޭނާވި ވައުދާއި ޚިލާފުވެފައޭ ރައީސް ޔާމީން މުއިއްޒު އަށް ކުރާ ތާއީދު ވަނީ އަނބުރާ ގެނެސްފައޭ…

  3. ހަރާމްކޯރުންނޭ

    މުއިއްޒު އަކީ ބަތާހަރާމީ ހަރާމްކޯރެކޭ އޭނާ ޖެހޭނީ އިސްތިއުފާދީފައި އަވަސް އިންތިޚާބެއް ބާއްވާށޭ މުއިއްޒު އަކީ ބަތާހަރާމީ ހަރާމްކޯރެކޭ އޭނާ ޖެހޭނީ އިސްތިއުފާދީފައި އަވަސް އިންތިޚާބެއް ބާއްވާށޭ މުއިއްޒު އަކީ ބަތާހަރާމީ ހަރާމްކޯރެކޭ އޭނާ ޖެހޭނީ އިސްތިއުފާދީފައި އަވަސް އިންތިޚާބެއް ބާއްވާށޭ