ޚަބަރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ސްޓެލްކޯގެ އައު މެނޭޖިން ޑައިރެކްޓަރު ފަހުމީ އާއި ކުރީގެ އެމްޑީ އަޙުމަދު ޝަރީފު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އެ ކުންފުންޏަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވި، ހުސެއިން ފަހުމީ އައްޔަނު ކުރައްވައިފިއެވެ.

Ads by STELCO
އެ މަޤާމަށް ފަހުމީ އައްޔަނު ކުރެއްވީ މިއަދުއެވެ. ފަހުމީ ވަނީ އެ ދެއްވި މަގާމަށްޓަކައި ރައީސް ޑރ.މުޢިއްޒުއަށް ޝުކުރުއަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ މަޤާމު އެންމެ ފުރިހަމައަށް އަދާ ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ފަހުމީ ސްޓެލްކޯއާއި ގުޅިވަޑައިގެންނެވީ 1998 ވަނަ އަހަރު ޓްރޭނިން އޮފިސަރަކަށެވެ.

ފަހުމީ އަކީ ސްކޮޓްލެންޑުން ތަޢުލީމު ޙާސިލު ކުރެއްވި ބޭފުޅެކެވެ. ކުންފުނިތަކަށް ބޭފުޅުން އައްޔަނު ކުރައްވަމުން އަންނައިރު، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ޒީނާ ޒާހިރު އައްޔަނު ކުރައްވައި، އާބަންކޯގެ މެނޭޖިން ޑިރެކްޓަރަކަށް އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ.

ރައީީސް ޑރ.މުޢިއްޒު ވިދާޅުވަމުން ގެންދަވަނީ، އެމަނިކުފާނު މަޤާމުތަކަށް އައްޔަނު ކުރައްވާނީ ވަރަށް ޤާބިލު ބޭފުޅުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!