ސައުދީ ސަފީރަށް އިސްލާމިކް މިނިސްޓްރީން ރަތް ދޫލައިގެ މަރުހަބާއެއް

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތް މިއަދު ވަޑައިގަތުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.
މި ދަތުުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދުގެ އަރިހަށް ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މުހިންމު މަޝްްވަރާތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން ސައުދީން ރާއްޖެއަށް އެކި ގޮތްގޮތުން ވެފައިވާ އެހީތެރިކަން ފާހަގަކޮށް މިނިސްޓަރ ޝަހީމް ވަނީ ޝުކުރުއަދާކޮށްފައެވެ.