އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ވަޖީހު

މޯލްޑިވްސް ޕޯޓްސް ލިިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ވަޖީހު އިބްރާހިމް ހަމަޖައްސަވައިފިއެވެ.
ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެމްޕީއެލްގެ ވަޒީފާއަދާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވާފައެވެ.
އެމްޕީއެލްއާއެކު ސަރުކާރުގެ 20 ކުންފުންޏަކަށް އާ ވެރިން މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ. އެ ކުންފުނިތަކަށް ރަސްމީކޮށް މިއަދު ވެރިން އައްޔަނުކުރެއްވި އިރު، ބާކީ ހުރި ކުންފުނިތަކަށް ވެރިން އައްޔަނު ކުރުމުގެ މަސައްކަތް ޕީސީބީގައި ކުރިއަށް އެބަދެއެވެ.
ޓިޔަ ޒަމާން ދިޔައީ!