ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހަމްދާން ޝަކީލް

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް ހަމްދާން ޝަކީލް އައްޔަނު ކުރައްވައިފިއެވެ.
ހަމްދާން ޝަކީލް ވަނީ މާލެ ސިޓީ ކައުންސިލްގެ ޕީއާރު ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ހަމްދާން އަންނަނީ 2022 އިން ފެށިގެން އެ މަގާމު އަދާކުރައްވަމުންނެވެ.
މީގެ އިތުރުން ޕީޕީއެމް ގެ ޑައިރެކްޓަރ އޮފް ފޮރިން އެފެއާޒްގެ މަގާމު ވެސް ހަމްދާން އަދާކޮށްފައިވެއެވެ.
https://twitter.com/fdc_mv/status/1729479754338943471?s=61&t=hNCjMYHd_xjNcAfbAX_bJg
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިތުރުން ސަރުކާރުގެ 20 ކުންފުންޏަކަށް އާ ވެރިން މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ. އެ ކުންފުނިތަކަށް ރަސްމީކޮށް މިއަދު ވެރިން އައްޔަނުކުރެއްވި އިރު، ބާކީ ހުރި ކުންފުނިތަކަށް ވެރިން އައްޔަނު ކުރުމުގެ މަސައްކަތް ޕީސީބީގައި ކުރިއަށް އެބަދެއެވެ.







ކޮމެންޓް