ޚަބަރު

ސިޓީތަކުން ޕާސްޕޯޓް ދޫކުރުން ދެގުނަ އަވަސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލައް އަދި އައްޑޫ އިން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފިއެވެ.

Ads by STELCO

އިމިގްރޭޝަނުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ, ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ސަރުކާރުގެ ޚިދުމަތްތައް ރައްޔިތުންނަށް ވީހާ ވެސް ލުއިފަސޭހަކަމާއެކު ދިނުމަށް އިމިގުރޭޝަންގެ ޚިދުމަތްތައް ވެސް މިގޮތަށް ބައްޓަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އިމިގުރޭޝަންގެ ސަރަހައްދީ އޮފީސްތަކުން ދިވެހި ޕާސްޕޯޓު ދޫކުރުން ދެގުނަ އަވަސްކުރުމަށް ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވާފައިވާ ކަމަށެވެ.

އިމިގްރޭޝަންގެ ސަރަހައްދީ އޮފީސްތައް ގާއިމުކުރެވިފައިވަނީ އައްޑުއާއި ކުޅުދުށްފުށްޓާއި ފުވައްމުލަކާއި ތިނަދޫ ސިޓީގައެވެ.

އެ އޮފީސްތަކުގެ ތެރެއިން އައްޑޫ ސިޓީ އޮފީހަށް މީގެކުރިން ޕާސްޕޯޓު ފޮނުވަމުން ދިޔައީ ހަފުތާއާއެކު ދެ ދުވަހުއެވެ. ނަމަވެސް ގެނައި ބަދަލާއެކު ހަފުތާއަކު ހަތަރު ދުވަހު ޕާސްޕޯޓު ފޮނުވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ކުޅުދުށްފުށްޓާއި ފުވައްމުލަކާއި ތިނަދޫ ސިޓީގެ އޮފީހަށް މީގެކުރިން ޕާސްޕޯޓު ފޮނުވަމުން ދިޔައީ ހަފުތާއާއެކު އެއް ދުވަހުއެވެ. މި ބަދަލާއެކު މިއިން ކޮންމެ އޮފީހަކަށް ވެސް ހަފުތާއަކު ދެ ދުވަހު ޕާސްޕޯޓު ފޮނުވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!