Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަޖިިލިހުގެ ނައިބް ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި

މަޖިިލިހުގެ ނައިބް ރައީސް ކަމަށް ސަލީމް އިންތިހާބުކޮށްފި

ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އިންތިހާބުކޮށްފިއެވެ.

އެެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގަތީ 51 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

އެ މަގާމު ހުސްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Advertisement
Ooredoo — Square (box)

ނައިބް ރައީސްގެ މަގާމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ، އީވާ ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނިކޮށެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީގެ 50 މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެ މައްސަލާގައި ޖަވާބުދާރީ ވާން ދިން ފުރުސަތުގައި ވާހަކަފުޅު ދެއްކެވުމަށްފަހު ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ.

އީވާގެ އިސްތިއުފާގެ ސިޓީ ލިބުމާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް