ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ސީއެސްސީގެ މެމްބަރަކު ހޯދަން ރައީސް އޮފީހުން އިއުލާނުކޮށްފައި މިވަނީ އެ ކޮމިޝަނުގެ މެންބަރު ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.
ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދި މި މަހުގެ 18 އަދި 19 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:30 އަށް ފޯމު ހުށަހެޅޭނެ އެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހްއާއި ނައިބް ރައީސް އިބްރާހިމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.
Ads by Allied Insurance