ޚަބަރު

އާސަންދައިގެ ތެރެއިން ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ހަދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޚިދުމަތެއްގެ ގޮތުގައި ހިމަނައިގެން އާސަންދައިގެ ތެރެއިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހަދައިފިއެވެ.

Ads by MWSC

މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެިރންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހަައްމަދު މުޢިއްޒެވެ.

"އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކި ޕެކޭޖްތައް ހަދައިގެން މި ޚިދުމަތް ދޭން ސަރުކާރުގެ ވިސްނުން ހުރީ" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, މި ޚިދުމަތް ސަރުކާރު ހޮސްޕިޓަލްތަތާއި ސިއްހީ މަރުކަޒުތަކުން ލިބޭނެ ކަމަށާއި އަދި ޚިދުމަތް ނުލިބޭ ހާލަތެއްގައި އާސަންދަ ސްކީމުގައި ރެޖިސްޓަރކޮށްފައި ހުންނަ ސެންޓަރުތަކުން ވެސް ހިލޭ ޓެސްޓްތައް ހެދޭނެ ކަމަށެވެ.

ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުން ކަމަށާއި އެހެންކަމުން ޗެކްއަޕްތައް ޤަވާއިދުން ހެދުމަށް ސަރުކާރުން ބާރުއަޅާނެ ކަމަށެވެ.

"އެވައިނަސް ޕްރޮގްރާމްތައް ވެސް ހިންގާނަން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އަދި ޑޮކްޓަރުން ލަފާ ދީފިނަމަ ދޭ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދައިދީ, ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ފަސޭހައިން މިކަން ކުރެވޭނެ ގޮތަށް ހަދައިދޭނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

  1. ޢިސްތިއުފާ

    ނޫސްވެރިންކުރި އެއްވެސް ސުވާލަކަށް މުއިއްޒު ޖަވާބު ނުދިނުމުން މުއިއްޒު އެވަނީ މަގާމަށް ކުފޫހަމަނުވެއޭ މުއިއްޒު އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

  2. ޢިސްތިއުފާ

    މުއުއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ހަރާމްކޯރެކޭ މުއިއްޒު އެއީ ބަތާހަރާމީ އެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއުއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ހަރާމްކޯރެކޭ މުއިއްޒު އެއީ ބަތާހަރާމީ އެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއުއްޒު އެއީ މުނާފިގެކޭ މުއިއްޒު އެއީ ހަރާމްކޯރެކޭ މުއިއްޒު އެއީ ބަތާހަރާމީ އެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ