ޚަބަރު ސިޔާސީ

ޕީއެންސީގެ އޮފީީސް ހުޅުވައިދެއްވައި ރައީީސް ވިދާޅުވީ، މިއީ މުހިންމު ފެށުމެއް ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އޮފީސް މިރޭ ހުޅުވައިދެއްވީ، ރައީސް، އަދި ޕީއެންސީގެ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ. އެ އޮފީސް ހުންނަނީ، ސީ ޓްރެކްސް އިމާރާތުގެ ހަތް ވަނަ ފަންގިފިލާގައެވެ.

އޮފީސް ހުޅުވައިދެއްވައި ރައީސް މުޢިއްޒު ވިދާޅުވީ ޖާގަ ތަނަވަސް އޮފީހެއް ޕީއެންސީއަށް ލިބިގެން ދިޔުމަކީ ޕާޓީ ހިންގަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކެމެއް ކަމަށެވެ.

"މި ކަމަށް މަގުފަހި ކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން." ޕީއެންސީގެ ރައީީސް ވިދާޅުވިއެވެ.

ރައީސް ވަނީ، މިއީ ސަރުކާރު ހިނގައިގަތް ފަހުން، ޕީއެންސީގެ ބައްދަލުވުމެއް ބޭއްވުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއީ ވަރަށް މުހިންމު ފެށުމެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މިރޭ ބާއްވާ ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓުގެ ބައްދަލުވުމަށްފަހު، ދެ ޕާޓީ ގުޅިގެން އިންތިޚާބުތަކަށް ނުކުތުމުގެ މަސައްކަތް، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޯޝާއިއެކު ފެށިގެންދާނެ ކަމަށެވެ.

  1. ބަލާތި

    މި ފަހަރު އެންމެ ގިނަ ގޮނޑި ނަގާނީ އެމްޑީޕީން ބަލަން ތިބޭތި އެމްޑީޕީ އަށް ވޯޓްލި 110 ހާސް މީހުން އަދިވެސް ތިބީ އެގޮތުގައޭ މުއިއްޒު އަށް ދިން ވޯޓެއް ނޫން އެއީ ރައީސް ޔާމީނަށް ދިން ވޯޓް މުއިއްޒު ރައީސް ޔާމީނަށް ޚިޔާނާތްތެރި ވިނަމަވެސް ރައްޔިތުން ތިބީ ޚިޔާނާތް ތެރިވާ ގޮތަށް ނޫނޭ އެކަން މިހާރުވެސް ފެނެއޭ އަދި މުއިއްޒު ރާއްޖެތެރެއަށް ދަތުރުކުރަން ފެށުމުން އެކަން ބޮޑަށް އިނގ3ނެ ގޮނޑި ހިފައިގެން މުއިއްޒު ފަހަތުން ރައްޔިތުން ހޯބޯ ލަވަމުން ދާން ފެށުމުން..