ޚަބަރު ސިޔާސީ

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރަކަށް ރައީސް ޑރ. މުޢިއްޒު

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕީޕީއެމް ޕީއެންސީ ހިމެނޭ ކޯލިޝަންގެ ލީޑަރުގެ މަގާމަށް ރައީސް މުހައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

Ads by STELCO

ކޯލިޝަން ލީޑަރުގެ މަގާމަށް ރައީސް މުޢިއްޒު އިންތިހާބުކުރީ ރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ ބައްދަލުވުމެއްގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޕީޕީއެމް/ ޕީއެންސީގެ ނިޔަތަކީ ދީނާއި ގައުމަށްޓަކައި ގައުމު ކުރިއެރުވުމާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުން ކަމަށެވެ.

އަދި މި މަސައްކަތުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި ނަމަވެސް އެއީ ހިތްވަރެއް ކަމުގައި ދެކެން ޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ފެށުމެއް ކަމަށާއި ދެން ކުރިއަށް އޮތް އިންތިހާބުތަކުގައި އެ ޕާޓީން ކުރެވޭ ކަންކަން ފެށިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!