ޚަބަރު

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހުޅުމާލެ ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށާއި މި ހަަދިސާގައި އަނިޔާވީ 22 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި އޭނާ ފަރުވާ ހޯދަމުންދާ ކަމަށާއި ހަމަލާދީފައިވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ދަނީ ތަޙުޤީޤުކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!