ޚަބަރު ސިޔާސީ

އެހެން ބަޔަކު އާ ޕާޓީއެއް އުފެެއްދިޔަސް އަސަރެއް ނުކުރޭ: އަދުރޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެހެން ބަޔަކު އައު ޕާޓީއެއް އުފެއްދި ނަމަވެސް ޕީޕީއެމް-ޕީއެންސީ އަށް އަސަރު ނުކުރާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޕީއެންސީ އޮފީސް ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި އެހެން ބަޔަކު ޕާޓީ އެފެއްދުމުން އެކަމާ އަސަރެއް ނުކުރާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

”އެހެން ބަޔަކު ޕާޓީއެއް އުފައްދާތީ ނުވަތަ އެހެން ބަޔަކު ކުރިމަތިލާނެތީ އަޅުގަނޑުމެން ނުވިސްނަން. އަޅުގަނޑުމެން މި ވިސްނަނީ އަޅުގަނޑުމެންގެ ކޯލިޝަނަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދަން” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އެކަހެރިވެ އަމިއްލަ ޕާޓީއެއް އުފައްދަވަން ނިންމެވީ ރައީސް ޔާމީން ކަމަށާއި އެކަމުގެ ސަބަބުން ލީޑަރޝިޕަށް އެެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ތިބީ ސާބިތުކޮށް ކަމަށާއި ރައީސް ޔާމީން އުފައްދަވާ ޕީއެންއެފްއަށް އެ ޕާޓީގެ މެމްބަރުން ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!