ޚަބަރު

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް، މިހައިތަނަށް ފޯމު ހުށަހެޅުއްވީ އެންމެ ބޭފުޅެއް: އީސީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް، އިލެކްޝަންސް ކޮމިޝަން(އީސީ) އަށް ފޯމު ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

Ads by MWSC

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ 13 ގައި، ބޭއްވުމަށް ހަމަޖެހިފައިވާ، މާލެ ސިޓީ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހުން، އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު  2023 ޑިސެންބަރު 13 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ހަމަވާނެ ކަމަށާއި، މިހައިތަނަށް ފޯމު ހުށަހެޅީ އެންމެ ފަރާތަކަށްކަމަށެވެ.

"މިހާތަނަށް މާލޭ ސިޓީ މޭޔަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާފައިވަނީ، އަމިއްލަގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓެއް އެކަނި. އީސީ އިން ވަނީ އޭނާގެ އެޕްލިކޭޝަނުގެ ސައްޙަކަން ޤަބޫލުކޮށް ޖަވާބު އަރުވާފައި." އޭނާ ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވަނީ އެންމެޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. މި އިންތިޚާބުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަޙީދު ވެސް ވާދަ ކުރައްވާނެއެވެ. އޭނާ އަކީ ކުރީގެ ރައީީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓެވެ.

Ads by Ooredoo
  1. ބަލާތި

    ސާބަހޭ އާޒިމް އާޒިމް މިފަހަރު ހޮވޭނެއޭ މީގައި ވަރަށް ގިނަ ސަބަބު ތަކެއް އެބަހުއްޓޭ ޕީޕީއެމް އަށް މާލެ ސިޓީ ކައުންސިލްގެ ގިނަ ގޮނޑި ދިނުމުން އެމެން ރައްޔިތުންނަށް ވީ ހަރާމްކޯރޭ މުއިއްޒު އަށް ހައްލު ކުރެވުނު އެންމެ ކަމެއްވެސް ނެތޭ އަކްރަމް ކަމާލުއްދީން ވިދާޅުވީ ހަމަރަނގަޅަށޭ މުއިއްޒު އެއީ ކަންނުވެ ނަންވާން އުޅުނު މީހެކޭ ދެން އާޒިމާ ޕީޕީއެމް އިން ކުރިމަތިލުން މިއުޅެނީ ޝަރީއަތެއް ކުރަން ނޫނޭ މިއުޅެނީ ފިރިހެންވަންތަ މަސައްކަތް ކުރާށޭ އެކަންވާނެއޭ އާޒިމަށް ވާނެއޭ މަމެން ޕީއެންފްރަންޓޭ މެން ތާއީދު އާޒިމް އަށް ތާއީދޭ މަމެން ޕީއެންފްރަންޓޭ މެން ސަފުތައް އަލުން ރުުކުރުވާލާ ދެން އަންނަ އިންތިޚާބެއްގައޭ މާލެ ސިޓީ އަށް ދިމާކުރާނީ މިފަހަރު ރަނގަޅު ޕްރޮފައިލެއް ނެތޭ ޕީއެންފްރަންޓަށް ގާއިމް ކުރެވިފައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގެ ގޮނޑިއަށް މަމެންގެ ހިސާބު ތަކުން ނުދައްކައޭ ޕީއެންފްރަންޓަށް މިފަހަރު މާލެ ސިޓީ ކައުންސިލް ގޮނޑި ލިބޭނެ ކަމަށް ސަބަބަކީ މުއިއްޒު ހަރާމްކޯރޭ ރައްޔިތުންނަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރަކަށް ހުރެގެން މުނާފިގޭ ހަރާމްކޯރު ވެފައިވާތީވެ އެހިތިރަހަ ރައްޔިތުންގެ ކަރުން ފިލައިގެން ނުދާނެއޭ އެރުނޑިކާޅު ކުރި ކަމަކީ މާލޭ މަގުތައް ފޮތި ފޮތި ކޮށްފައި އަދުރޭ އަށް ވިއްކާ އަދި ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވޭ ގޮތް ހެދުމޭ…

  2. ނެވަރލެޓްގޯ

    އާޒިމް ޒިންދާބާދު އެމްޑީޕީ ޕީއެންފްރަންޓޭ ޒިންދާބާދު ކުޑަވެސް ދުލެއް ނުދޭތި ޖައްސާ ޖައްސާ ޖައްސާ ލާރޖް ކޮށް ޖައްސާ ޕީޕީއެމް އަދި ޕީއެންސީ ކުޑަކަކޫ މައްޗަށް ތިރިކުރާށޭ ނެވަރ ލެޓް ދެމް ބްރީދް ޑޯންޓް ޔޫ ގިވް އަޕް ނާނާނާނާ އައި ވޮންޓް ގިވް އަޕް ނާނާނާނާ ނާނާނާނާ ލެޓް މީ ހެލްޕް ޔޫ ލެޓްމީ ހެލްޕް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް…..

    • ޢަޒްރާ

      ކުޑަ ކަކޫމައްޗަށް ކޮންމެ މީހަކުވެސް ތިރިކުރައްވާނެ ދުވަހެއް އަންނާނެ އެދުވަކުން ތިބުނާ ޢާޒިމް ދެއްވާނީ ކޮންޖަވާބެއް އެމްޓީސީސީ ހިންގީ ނުގަވައިދާއި ކޮރަޕްޝަނުން އެތައް އެތަށް ލޯނަކަށް ރައްޔިތުން ދަރުވާލާފަ ހިންގި ސަރުކާރެއްގެ ނޭވާ ހޮޅިއަށް އެޅެންދެން ކޮރަޕްޝަން ހިންގީ

      • ނަގުޅި

        ހަމަ ލޯނުތައް ނަގައިގެން އަމިއްލަގެ އެޅޫދޯ، ދެރަކަމެއް، ކުރެވޭ މީހުނާއި ، ވަގުންނާއި، ހަމަ މީހުންވެސް ވަކިކުރަންނޭގޭ ބަޔަކު އެބައުޅޭ، ހަމަ ރުހުނީމާ އެނިމުނީ، ވީ ކަމެއްނެތަސް، ހުސް ވައކަން ކުރިއަސް، ބަލަ މި ރާއްޖޭގައި އެބަހުރިތަ ލޯނުނުނަގާ ކަންތައްކުރަން ލާރި. އަމިއްލަ ލާރިންކުރީ ކާކު، ނެގި ލޯނުން ވައްކަންކުރިއަސް ރައްޔިތުންނުދަރާނެ، ރައްޔިތިންނަށްޓަކާ ކުރިހާކަންތަކުން ދަރާ ވިކިގެން ރައްޔިތުންގެ ފަހަތުން ލޯނުތައް ދުވަނީ ވިއްޔާ. ގަމާރު ވިއަސް ބޮޑުވަރު.