އެމްޑީޕީ ކެނޑިޑޭޓުންގެ ކެމްޕޭން މިރޭ ފަށަނީ
![](https://dhen.mv/wp-content/uploads/2023/12/A7F55A26-9F1D-4DAC-8043-800F7E17ACCF-850x548.jpeg)
އެމްޑީޕީގެ މާލެސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުން މިރޭ އޮންނާނެކަމަށް އެޕާޓީން ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީން މޭޔަރުކަމަށާ އަދި ހުސްވެފައިވާ ގޮނޑިތަކަށްވެސް ވާދަކުރެއެވެ.
މާލޭ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވަނީ އެމްޓީސީސީ އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް އާޒިމްއެވެ.
މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީގެ ކެމްޕެއިން ކުރިން ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ހަމަޖެހިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެރޭގެ ރަސްމިއްޔާތު ވަނީ މިރެއަށް ފަސްކޮށްފައެވެ.