ޚަބަރު

ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީ އަށް ދީފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އިއުލާންކުރި ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުޤީގުކުރުމަށް ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދީފިއެވެ.

Ads by STELCO

އޭސީސީން މިއަދު ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4،000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހާފައިވާ މައްސަލައިގެ ތަހުޤީގުގެ ބޭނުމަށް، ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް, ހައުސިން މިނިސްޓްރީން މިހާރު ދީފައިވާ ކަމަށެވެ.

އެހެން ކަމުން ގެދޮރުވެރިޔާ ޕޯޓަަލަށް އެކްސެސް ދިނުމާއެކު، މި މައްސަލައިގެ ތަހުޤީގުގައި އިތުރަށް ބަލާ ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ކަންކަން ފެށިގެން ކުރިއަށްދާ ކަމަށް އޭސީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން އޭސީސީން ބުނީ މައްސަލައިގެ ތަހުޤީގު ކުރިއަށް ގެންދާ މިންވަރަކުން ތަހުޤީގަށް ހުރަސްނޭޅޭ ގޮތަށް މި މައްސަލައާ ގުޅޭ މައުލޫމާތު ކޮމިޝަނުން މީޑިއާ އަށް ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ގެދޮރު ވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރުމާއެކު ބައެއް ފަރާތްތަކަށް އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދިނުން ހުއްޓާލަން ހައުސިން މިނިސްޓްރީ އަށް ތަކުރާރުކޮށް އަންގާފައެވެ.

Ads by Ooredoo
  1. ޖޯކިލް

    ހިޔާ ފްލެޓްތައް ދިން ގޮތްވެސް އަލުން ބަލަން ޖެހޭނެ! ޕެޓިޝަނެއް ތައްޔާރު ކުރަން ފެނޭ!