މުދަލަށް ގެއްލުންދިން މައްސަލައެއްގައި އައްޑޫ ސިޓީން މީހަކު ހޯދަނީ

މުދަލަށް ގެއްލުންދިން މައްސަލައެއްގައި އައްޑޫ ސިޓީން މީހަކު ހޯދަން އިޢުލާނު ކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި އެ މީހާގެ ވީޑިއޯ އާންމުކޮށް ފުލުހުން ވިދާޅުވީ، ވީޑިއޯ އިން ފެންނަ މީހާއަކީ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުޤީގު ކުރަމުންދާ، މައްސަލައަކާއި ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.
އެގޮތުން އޭނާ ހޯދަމުން އަންނަނީ އައްޑޫ ސިޓީ މަރަދޫފޭދޫ ގެއަކަށް ވަދެ އެގޭގެ ބިއްލޫރި ގަނޑު ތަޅާލާފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން ވިދާޅުވީ، އެމީހަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ މިހާތަނަށް ކުރި މަސައްކަތުން އޭނާ އަކީ ކާކު ކަން ހޯދިފައި ނުވާ ކަމަށެވެ.
އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތެއް އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅާ ހިއްސާކުރުމަށް އެދިފައި ވެއެވެ.
މި ފަހުން އައްޑޫ ސިޓީގައި މާރާމާރީއާއި ފޭރުމާއި ވައްކަން ކުރުން ފަދަ ކުށްތައް ވަނީ ޢާންމުވެފައެވެ.