ޚަބަރު

އިދިކޮޅުން ކަނޑުމައްޗަށް ދިޔައީ މަސްވެރިކަމަށް: މަހުލޫފް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އިދިކޮޅުން މިމަހުގެ 25 ވަނަ ދުވަހު ކަނޑުމައްޗަށް ދިޔައީ މުޒާހަރާ ކުރަން ނޫން ކަމަށާއި އެބޭފުޅުން ކަނޑުމައްޗަށް ދިޔައީ މުޒާހަރާއަކަށް ވުރެ ބޮޑަށް މަސްވެރިކަން ކުރުމަށް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަލުހޫފު ވިދާޅުވެއްޖެއެވެ.

Ads by STELCO

މި މުޒާހަރާގައި އިދިކޮޅު ކޯލިޝަނުގެ އިސްވެރިން ބައިވެރިވިއިރު، އެ ފަރާތްތަކުން ވަނީ މާފުށި ފަޅުތެރެއަށް ވަންނަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ މަސްލަހަތަށް ބަލައި އެކަން ނުކުރެވޭނެކަން އިދިކޮޅު ފަރާތްތަކަށް އަންގާފައެވެ.

އިދިކޮޅުން ކަނޑުމަތީގައި މުޒާހަރާ ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި، ރާއްޖޭގެ ހަރުމުދާ ސަރުކާރުން ވިއްކާލުމާއި އަދި ސަރުކާރުގެ ކޮރަޕްޝަންތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

މިކަމާ ގުޅިގެން ވީޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ކަނޑުމައްޗަށް ދިޔަކަން އެނގިވަޑައިގަންނަވާ ކަމަށާއި މާފުށީ ފަޅުތެރެޔަށް ވަނުމުން އެރަށުގެ މީހުން ހަޅޭއްލަވަނިކޮށް ވެސް ފެނުނު ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ބޮޑަށް މުޒާހަރާ އަކަށްވުރެ މަސްވެރިކަމަށް ދިޔަ ކަމަށް ބޮޑަށް މައުލޫމާތު ލިބެނީ." މިނިސްޓަރު މަލުހޫފު ވިދާޅުވިއެވެ.

އިދިކޮޅުން ކަނޑުމަތީގައި މުޒާހަރާކޮށްފައިވާއިރު މާދަމާ އިދިކޮޅުން ވަނީ މާލެ ފިޔަވައި އެހެން އަތޮޅުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމަށް ވެސް ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!