ރައީސް މުޙައްމަދު ނަޝީދު ސިޔާސީ މަސައްކަތާ ދުރަށް ޖެހިވަޑައިގެންފި
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި, މަޖިލީހުގެ ރައީސްކަން ކުރެއްވި, ރައީސް މުޙައްމަދު ނަޝީދު ސިޔާސީ މައިދާނާ ދުރަށް ވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަން ހާމަކުރެއްވީ ދާދި ދެންމެ އަކު ނެރުއްވި ބަޔާނެއްގައެވެ.
ރައީސް ނަޝީދު ސިޔާސީ މަސައްކަތުން ދުރަށް ޖެހިވަޑައިގަންނަވަން ނިންމަވާފައި މިވަނީ އެމަނިކުފާނުގެ ސިޔާސީ ކެރިޔަރުގައި ބޮޑެތި ނާކާމީޔަބީތަކެއް ކުރިމަލެއްވުމަށްފަހުގައެވެ. އެގޮތުން ރައީސް ނަޝީދު ފުރަތަމަ ނާކާމިޔާބުވެ ވަޑައިގެންފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައެވެ. އެއަށްފަހު ޕާޓީން ވަކިވެ ވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވިއެވެ. ރައީސް ނަޝީދު އުފެއްދެވި ޕާޓީން ނެރުނު ކެނޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަތީ ތިންވަނައެވެ.
އޭގެ ފަހުން ރައީސް ނަޝީދާ ދެކޮޅަށް މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުނެވެ. އެ މައްސަލަ ކުރިޔަށް ނުގެންދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.
އެމަނިކުފާނު އަންނަ ޖެނުއަރީން ފެށިގެން މަސައްކަތް ކުރައްވާނީ ތިމާވެށްޓާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީގެ ޖެނެރަލްގެ މަގާމުގައި ކަމަށެވެ އެ ޖަމާއަތަކީ ރާއްޖެ އިސްކޮށް އޮވެ, ރައީސް ނަޝީދުގެ ރައީސްކަމުގައި އުފެއްދެވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި މިހާރު 68 ޤައުމަކުން ބައިވެރިވެއެވެ.
38 އަހަރު ފަހުން ތިމާވެއްޓޭ ކިޔައިގެން އަނގަގަޅަން ފެށިސޮރެއް އަންނި ސޮރަކި އޭނާއަށް އެގޭނީ ތިމާގެވޮށި
ކެނެރީގެ ނަޝީދު ސިޔާސީ ދާއިރާ ދޫކޮށް ދިއުން އެއީ ރައީސް ޔާމީނަށް ލިބޭ ރަނުގެ ފުރުސަތެކޭ މިދަނޑިވަޅަކީ އެއީ ދަ ޑިމޮކްރެޓްސް އިން ޕީއެންއެފް އާއި އެކު ކޯލިޝަން ހަދާ ޕީއެންއެފް އާއި އަދި ދަ ޑިމޮކްރެޓްސް ގުޅިގެން މާލެ ސިޓީ ކައުންސިލް މޭޔަރު ކަމަށް ޕީއެންއެފްގެ ކެންޑިޑޭޓު ހޮވާ އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގައި ޕީއެންއެފް އާއި ދަ ޑިމޮކްރެޓްސް ގުޅިގެން މަޖްލީހުގެ އަގްލަބިއްޔަތު ހޯދަން ލިބޭ ރަނުގެ ފުރުސަތެކޭ މިކަން ކުރާށޭ
ސެކްރެޓަރީ ޖެނެރަލް ކަޑައޭ. އެ ޖަމިއްޔާގެ ރައީސް އަކަށް ވާން ވާނީ. އޭރުންވެސް ކޮންމެވެސް ރައީސަކަށްތާ ހުންނާނީ