ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިވިލް ސާވިސް ވަޒީފާގައި ސާޖިދާ ހުންނަނީ ގާނޫނާއި ހިލާފަށްކަމަށް ބުނެ މަޖިލީހަށް ކުއްލި މައްސަލައެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގައި ވަޒީފާގައި ހުންނަނީ ޤާނޫނާ ހިލާފަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

Ads by STELCO

މި މައްސަލަ ހުށަހަޅާފައިވަނީ މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲއެވެ. އެ މައްސަލާގައި ބުނެފައިވަނީ ސާޖިދާ، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ގާނޫނާއި ގަވައިދާ ހިލާފަށް ހަތަރު އަހަރުގެ ނޯ ޕޭ ލީވް ނެންގެވުމަށް ނިންމެވުމާ ގުޅިގެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ 28،000 އަށް ވުރެ ގިނަ މުވައްޒަފުން އެކި ގޮތް ގޮތުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ.

އަދި ސާޖިދާ މަގާމުގެ ނުފޫޒު ބޭނުން ކުރެއްވުމުގެ ސަބަބުން އެ ކޮމިޝަނަށް މިނިވަންކަމާ އެކު ގޮތް ނިންމުމަށް ނުކުޅެދިފައިވާ ކަމަށާއި ސާޖިދާ އަށް ހާއްސަ ކުރައްވައިގެން ސިވިލް ސާވިސްގެ ގަވައިދުގެ ރޫހާ ހިލާފަށް ގަވައިދު މާނަ ކުރައްވައި ވަކި ގޮތަކަށް އަމަލު ކުރެއްވުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލަ ބަލައިގަތުމާއިމެދު މަޖިލީހުގައި ނެގުނު ވޯޓުގައި ފެންނަކަމަށް ވޯޓުދެއްވީ 21 މެންބަރުންނެވެ. އަދި ނުފެންނަކަމަށް 4 މެންބަރަކު ވޯޓުދެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!