މޫސުން ގޯސް، ވިލާގަނޑުގައި 35 މޭލަށް ވައިޖެހޭނެ

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން ތ.އަތޮޅަށް މެންދުރު 13:00 ޖެހުމާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މޫސުން ކުރިއަށް ލަފާކޮށްފައިވާ ގޮތުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާން ކަމަށެވެ.