ޚަބަރު

ހީނާއަށް ތައުރީފާއި ޝުކުރުން މުޅި މީސްމީޑިއާ ބަންޑުންކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް އެހީވުމަށް އެދި މީސްމީޑިއާގައި ކުރި ޕޯސްޓާއެކު، އެމީހާއަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ(އެންސްޕާ)ގެ އައު ސީ.އީ.އޯ ހީނާ ވަލީދު އަމިއްލަފުޅަށް ގުޅުއްވައި ހާލު އައްސަވާ, އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދެއްވުމުން މީސްމީޑިއާގައި ހީނާއަށް ގިނަ ބަޔަކު ތައުރީފް އޮއްސާލައިފިއެވެ.

Ads by STELCO

ކެންސަރު ބަލި ޖެހި، އެކަމުގެ ވޭން ތަހަންމަލް ކުރަމުންދިޔަ ސ.ފޭދޫ، ސީމާ/ ފާޠިމަތު ޝާމިލާ ނަމަކަށް ކިޔާ މީހަކު، އޭނާގެ ބަލީގެ ހާލަތު ބަޔާންކޮށް، އެ ބައްޔަށް ފަރުވާ ހޯދުމަށް ކުރަމުންދާ ހޭދައަށް ލުއެއް ހޯދުމަށް މީގެ ދެތިން ދުވަސް ކުރިން ވަނީ ޕޯސްޓެއް ކޮށްފައެވެ.

އެކަމަށް އާސަންދައިން އެހީ ލިބުނު ކަމުގައި ވިޔަސް ފަރުވާ ހޯދުމަށް ބޭރަށް ގޮސް، ހުންނަންޖެހޭ މުއްދަތުގެ ގިނަ ކަމަށް ވުމާއި، އަދި އެކޮޅުގައި ހޭދަވާ ދުވަސްތަކުގައި، ހުރުމާއި ކެއުމަށް ޚަރަދު ކުރަންޖެހެނީ އަމިއްލަ އަތުން ކަމަށް ވުމުން، އެކަމުގައި އާއްމުންގެ ފަރާތުން އެހީއެއް ދެވެން އޮތް ނަމަ ދިނުމަށް އެ ޕޯސްޓުގައި ވަނީ އެދިފައެވެ.

މި ޕޯސްޓު މީސްމީޑިއާގައި ވައިގައި ހިފައި، އެފަދަ ކަންކަމުގައި އިތުރު މާލީ އެހީ ދިނުމަށް މަސައްކަތް ކުރާ އެންސްޕާގެ އައު ސީއީއޯ ހީނާގެ ސަމާލު ކަމަށްވެސް ވަނީ އައިސްފައެވެ.

އެއާއެކު ހީނާ ވަނީ، ޝާމިލާއަށް ގުޅުއްވައި އޭނާގެ ހާލު ބައްލަވައި، ފަރުވާގެ ކަންކަން ކުރިއަށް ގެންދަން ޝާމިލާ ބޭނުންވާ ގޮތް އޮޅުން ފިލުއްވާފައެވެ.

އަދި އޭނާ އެދޭގޮތަށް ފަރުވާ ކުރިއަށް ގެންދިއުމުގައި އެންސްޕާ އަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ހީނާ ވަނީ ދެއްވާފައެވެ.

ހީނާ ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ އެއްވެސް މީހަކު ހަވާސާ ނުކޮށް, ނިޒާމްގެ ތެރެއިން އަޅާލުމާ އޯގާތެރިކަމާއި ލޯތްބާއެކު އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.

"ކޮންމެ ބޭފުޅެއްގެވެސް އަޑުއަހާނަން. އަދި އެބޭފުޅަކަށް ކޮށްދެވެން ހުރި ކަންކަން ކޮށްދިނުމަށް އިސްކަންދީ އެއްބާރުލުން ދޭނަން. ޝާމިލާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން" ހީނާ ވިދާޅުވި އެވެ.

ހީނާގެ މި އޯގާތެރި ޢަމަލުގެ ސަބަބުން ގިނަ ބައެއްގެ ތަޢުރީފު އޭނާއަށް އަންނަނީ އޮހެމުންނެވެ.

އެގޮތުން، މީގެ ކުރިން، މިފަދައިން އެހީއަށް އެދުނު މީހަކަށް ސީދާ ސީއީއޯ ގުޅުއްވައި އެހީވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ނުވާ އިރު، މިފަދައިން އެހީ ބޭނުންވާ މީހުންނަށް ލިބެންޖެހޭ އެހީ ލިބުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭކަން އެއްބަޔަކު ފާހަގަކޮށްފައިވެއެވެ.

އަދި މިފަދައިން އިތުރު އެހީ ބޭނުންވާ ހާލަތުގައި އެހީ ބޭނުންވާ އެންމެނަށްވެސް އެހީވާނެ ކަމުގެ ޔަގީންކަން ހީނާ ދެއްވުމުން ގިނަ ބަޔަކަށް ވަނީ އެއިން ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ.

Ads by HDC
  1. އެއްލާލާ

    މުއިއްޒު އަކީ މުނާފިގެކޭ އޭނާގެ ވަޒީރުންނަށް ރުހުންދީގެން ނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާގެ ވަޒީރުންނަށް ރުހުންދީގެން ނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާގެ ވަޒީރުންނަށް ރުހުންދީގެން ނުވާނެއޭ މުއިއްޒު އަކީ މުނާފިގެކޭ އޭނާގެ ވަޒީރުންނަށް ރުހުންދީގެން ނުވާނެއޭ

  2. ވަގުންނޭ

    މިސަރުކާރުން ދައްކަނީ މުޅިން ރައީސްގެ އަނބިމީހާގެ ވާހަކައޭ ރައްޔިތުންނަށް ޚިދްމަތެއް ކޮށްދެވޭތޯ ނުބަލައޭ ފިޔާ ބަސްތާ އެއް 9 ހާހަށް އަރަނީއޭ މީ ހަގީގަތުގައި 100 ރުފިޔާ އަށް ލިބޭނެ އެއްޗެކޭ ވިޔާފާރިވެރިންނަށް އުޅޭ ވަގުންތައް އާންމު ރައްޔިތުން ފެލާ ފެލާ ފެލާ ހުސްކުރަނީއޭ ފިޔާ ބާޒާރުގައި މަދުވުން އެއީ ފިޔާ އަގުބޮޑު ވާން ޖެހޭނެ ސަބަބެއް ނޫނޭ ވިޔާފާރިވެރިންގެ ޒިންމާ އަކީ އެއީ ހުރި ފިޔާ ވިއްކުމޭ އަގުބޮޑުކުރަނީ އެއީ ފިޔާވިއްކުން ހުއްޓުވަންތޭ އެއީވައްކަމޭ ވިޔާފާރިވެރިން ކުރާ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ

  3. ބޮޑުވަގެކޭދޯ

    ޕީއެންސީ އަށް 10 ހާސް މެމްބަރުން ހަމަވިއިރު ޕީޕީއެމްގެ މެމްބަރުންގެ ދަފްތަރުން ހަމަ އެއަދަދަށް މީހުން މަދުވާނެއޭ މީގައި ޕީއެންސީން ހަދައިގެން އުޅޭ އެއްޗަކީ އެއީ ޕީޕީއެމް މެމްބަރުން ގެ ފޯރމް ތަކުގެ ސޮއި ފޯރޖް ކޮށްގެން ބަންގާޅުން ލައްވާ ފިންގަރ ޕްރިންޓް ޖަހައިގެން ޕީޕީއެމްގެ މެމްބަރުން ތައް ޕީއެންސީ އަށް ބަދަލު ކުރަނީއޭ މީއޭ ކުރާ ވައްކަމަކީ އީސީން ފިންގަރޕްރިންޓް ފުލުހުންގެ އިދާރާ މެދުވެރިކޮށް ވެރިފައި ނުކޮށް ޕާރޓީ މެމްބަރުން ނުވެއްދޭނެއޭ މިގޮތަށް ހަދާށޭ މުއިއްޒު އެއި ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ

  4. ހީނާއަކީ ކެންސަރަ ފަރުވާކުރާމީހެއް މީކިހާވަރުކަމެއް ކންއެގޭނެ.