ދީން

އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުން: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުޞޫއު އަކީ "ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުން" މިއެވެ.

ހުތުބާގައި ބުނެފައިވަނީ ހެޔޮކަންތައްތަކަށް އަމުރު ކުރުމާއި މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތް الله އަޅުއްވާފައިވާ ޒިންމާއެއް ކަަމަށެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރާއި ހައިސިއްޔަތުގެ މިންވަރުން އެ ޒިންމާ އަދާކުރަން ޖެހޭނެ ކަމަށާއި އެއީ ބިމުގައި ބާރުވެރިކަމާއި ނަސްރު ދެއްވުމުގެ ސަބަބެއް ކަމަށް ހުތުބާގައި ބުންޏެވެ.

އިސްލާމީ އުންމަތުގެ އެންމެ މުހިންމު ވާޖިބަކީ މީށްތަކުންނަށް އިސްލާމްދީނުގެ އަނގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި, ދީނީ ކަންކަމާބެހޭ ޢިލްމު އާންމު ކުރުމާއި, އިސްލާމީ ޝިޢާރުތައް ނެގެހެއްޓުމާއި މުޖްތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުން ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މުޖްތަމަޢެއް ތަހުޒީބު ވާނީ އެ މުޖްތަމަޢެއްގައި ހުރި އެންމެހައި ނޭއްގާނީ ކަންކަން މަނާކުރެވި, ހެޔޮކަންތައްތަކަށް އަމުރު ކުރެވިގެން ކަމަށާއި އެބައެއްގެ އަޤީދާއާއި ސަގާފަތާއި, ލެޔާއި, މުދަލާއި, އަބުރަށް އަމާންކަެއް ނެތް މުޖްތަމަޢެއް އެއީ ތަހުޒީބު މުޖްތަމަޢެކޭ ނުބުނެވޭނެ ކަަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!