މީހަކު ރަހީނުކޮށް މާރާމާރީ ހިންގި މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި
މީހަކު ރަހީނުކޮށް މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މީހަކު ރަހީނުކޮށް މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މިމަހުގެ 14 ވަނަ ދުވަހު ކޮޓު އަމުރެއްގެ ދަށުން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 25 އަހަރާއި، 26 އަހަރާއި، 27 އަހަރުގެ މީހުން ކަމަށެވެ. މިމީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 14ވަނަ ދުވަހުއެވެ.
މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިމަހު 15 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން 25 އަހަރުގެ މީހާ އަށް 12 ދުވަސް އަދި 26 އަހަރާއި 27 އަހަރުގެ މީހާއަށް 5 ދުވަހުގެ މުއްދަތެއްވަނީ ކޯޓުން ޖަހާފައެވެ.
Ads by Allied Insurance