ރިޕޯޓް

ހުއްޓިފައި އޮތް އާރުޑީސީގެ މަސައްކަތް މެކުހަށް ޖަހަން އަލީ ޒާހިރު ތައްޔާރު!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ސިފައިންގޭގައި އުޅުއްވި 32 އަހަރު ލިބުނު ޑިސްޕްލިންއާއި ތަޖުރިބާއާއެކު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒާހިރު މިއަދު އެ ހުންނެވީ ސަރުކާރުން މަގުތައް ތަރައްޤީ ކުރުމަށް އުފައްދަވާފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުވެގެންނެވެ. ރިޓަޔަރ ކުރެއްވިއިރު އަލީ ޒާހިރު ހުންނެވީ ކޯސްޓްގާޑްގައި ބްރިގޭޑިއާ ޖެނެެރަލެއްގެ މަޤާމުގައެވެ. އެހެންނަމަވެސް ސިފައިންގެ ތެރޭގައި އޭނާ ވަނީ ގިނަ ދާއިރާތަކެއްގައި ހަރަކާތްތެރިވެފައެވެ. އޭގެ ތެރޭގައި ޕްރޮޖެކްޓް މެނޭޖްމެންޓްގެ ދާއިރާ ވެސް ހިމެނެއެވެ.

Ads by Sosun Fihaara

އާރުޑީސީގެ މެންޑޭޓްގެ މައިގަނޑު ގޮތެއްގައި ހިމެނެނީ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމެވެ. މާލޭ ސަރަހައްދުގެ އިތުުރުން ރަށްރަށުގައި ވެސް އެ ކުންފުނީގެ މަސައްކަތްތައް ކުރިޔަށްދެއެވެ. ސިވިލް ކޮންސްޓްރަކްޝަންގެ އިތުރުން ބްރިޖް މެއިންޓަނެންސްއާއި ލޭންޑް ސްކޭޕިންގެ މަސައްކަތަކީ ވެސް އެ ކުންފުނީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ކުރަމުން އައިސްފައިވަނީ މަގު ހެދުމުގެ މަސައްކަތް އެކަންޏެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތަކުގެ ތެރެއިން ޓްރެކް ރިކޯޑް ހަޑި އެއް ކުންފުންޏަކީ މަގު ހަދާ ކުންފުންޏެވެ. އާރުޑީސީގެ ނަމުގައި 2019ވަނަ އަހަރު މިކަމަށް އައު ކުންފުންޏެއް ހެދީ ކޮރަޕްޝަނާއި ސިޔާސީ ތުހުމަތުތަކުން ފަސްބައި ސާފުކުރާށެވެ. ނަމަވެސް ފަސް އަހަރު ނިމުނުއިރު, އެ ކުންފުނީގެ ހާލަތު އޮތީ އިހުނަށްވުރެ ގޯސްކޮށެވެ.

2019ވަނަ އަހަރު އުފެދުނު މި ކުންފުންޏާ ސަރުކާރުގެ ބައެއް މަސައްކަތްތައް ވަނީ ހަވާލު ކުރެވިފައެވެ. އޭގެ ތެރޭގައި މާލޭގެ އަމީނީމަގުގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ މަގުތައް ވެސް ހިމެނެއެވެ. މިވަގުތު އާރުޑީސީން 22 ރަށެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އާރުޑީސީ އާ ކުންފުނީގެ އައު އެމްޑީ އަލީ ޒާހިރު ހަވާލުވެ ވަޑައިގަތްއިރު, އެ ކުންފުންޏާ ހަވާލު ކުރެވިފައިވާ 37 ރަށުގެ މަސައްކަތުގެ ތެރެއިން ފެށިފައިވަނީ 17 ރަށެއްގެ މަސައްކަތެވެ. މަސައްކަތުގެ ތާވަލަށް ކުރިޔަށް ދެވިފައިވަނީ މަދު ރަށެއްގައެވެ. މިދިޔަ ހަތަރު މަހު ކުންފުނި އޮތީ ހުއްޓިފައެވެ. އެއްވެސް މަސައްކަތެއް ނުކޮށެވެ. ކުންފުނީ އޮތީ 200 މިލިޔަން ރުފިޔާއިން ދަރާފައެވެ.

ކުންފުންޏާމެދު އޭނާ ދެކެލައްވާ ސިޔާސަތުތަކާ ކުރައްވާ ތަޞައްވުރުތައް އަލީ ޒާހިރު "ދެން"އާ ހިއްސާ ކުރައްވާފައެވެ.

ފުލްސްޓޮޕް ޖެހިފައިވާ ކުންފުންޏަށް, ވަގުތީ ފަރުވާއެއް ބޭނުން

އަލީ ޒާހިރު އާރުޑީސީއާ ހަވާލުވެ ވަޑައިގަތްއިރު ކުންފުނީގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ސަޕްލަރުންނެއް ކްރިޑިޓަށް މުދާ ދުލެއް ނުކުރެއެވެ. ކުންފުނީގެ ކެޝްފްލޯއެއް ނެތެވެ. އިތުރަށް ކުންފުންޏަށް ލިބެން ޖެހޭ ފައިސާއެއް ނެތެވެ.

"އަޅުގަނޑުމެންގެ ކޭޝް ފްލޯ ވަރަށް ދަށް. އަޅުގަނޑުމެންގެ ޕްރޮޖެކްޓްތައް ހުރީ 4-5 މަހެއް ވަންދެން ހުއްޓިފައި. ކުރިޔަކަށް ނުގެންދެވޭ. ގެންދަން ބަލާއިރު ސައިޓްތަކުގައި ރޯ މެޓީލިއަލްސްއެއް ނެތް. އަނެއްކާ ފުދޭ ވަރަަކަށް ޑެޓް އެބަހުރި.  އިތުރަށް ލިބެން ޖެހޭ އިންޓްރިމް ޕޭމެންޓެއް ނެތް. ސަޕްލަޔަރުން ކްރެޑިޓަށް ފައިސާއެއް ނުދޭ. އެ ހުރިހާ ގޮންޖެހުންތަކާއެކު ނިކުންނަން ޖެހެނީ." އެހެންނަމަވެސް އެމްޑީގެ ޤަބޫލު ކުރައްވާ ގޮތުގައި ކުންފުނި ހަމައަށް އަޅުވާލުމަކީ ބޮޑު އެހެންނަމަވެސް އޭނާގެ ލަޤާޔަތާއި ޤާބިލިއްޔަތު ކަމުން ކުރެވޭނެ ކަމެކެވެ. އެކަމަށް ބޭނުންވާ ޕްލޭން އޭނާގެ ބޮލުގައި އެބައިނެވެ. މިހާރު ދަނީ ލިޔުމަށް އެ ޕްލޭންތައް ނަގަމުންނެވެ.

އާރުޑީސީން މީގެ ކުރިން ކަންތައްކޮށްފައި ހުރި ގޮތުން ކުންފުންޏަށް ސަޕްލަޔަރުން ކުރާ އިތުބާރު އޮތީ ގެއްލިފައެވެ. އަހަރެއްވާއިރު ވެސް ބިލްތަކަށް ފައިސާ ނުދައްކައެވެ. އެކަމާހެދި ކްރިޑިޓަށް ފައިސާ ދޭން ކުންފުނިތަކުން ބޭނުމެއް ނުވެއެވެ.

އެމްޑީގެ ފުރަތަމަ ޗެލެންޖަކީ އެއީއެވެ. ކްރެޑިޓަށް މުދާ ހޯދޭނެ ގޮތް ހޯދުމެވެ. އެކަމަށް އަލީ ޒާހިރު ފަރިތައެވެ. ކުންފުނީގެ އެމްޑީ ކަމުގައި ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި އޭނާވަނީ ސަޕްލަރުންނާ ވާހަކަ ދައްކައިގެން ބައެއް ފަރާތްތަކާއެކު އެއްބަސްވުންތައް ހަދާފައެވެ. އަދި މިހާރު ބައެއް ސަޕްލަޔަރުން ކުންފުންޏަށް ކްރެޑިޓަށް ފައިދޭން ތައްޔާރެވެ.

އެމްޑީގެ ދެން އޮތް ޕްލޭންއަކީ މަސައްކަތުގެ ބޮޑުބައި ނިމިފައި އޮތް ރަށްރަށުގެ މަސައްކަތަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރިޔަށް ގެންގޮސް ނިންމާލުމެވެ. އޭރުން މަސައްކަތަށް ދޭން ޖެހޭ ފައިސާ ކުންފުންޏަށް ވަދެ, ކޭޝް ފްލޯގެ ބުރަ ކުޑަވާނެއެވެ.

އޭގެ އިތުރުން މިވަގުތަށް ކުންފުނި ހިންގަން ފައިނޭންޝިއަލް ޕެކޭޖެއް ބޭނުންވެއެވެ. އެމްޑީ ގެންދަވަނީ ސަރުކާރާއެކު އެ މަޝްވަރާތައް ވެސް ކުރައްވަމުންނެވެ. ސަރުކާރާއި ރައްޔިތުންގެ އިތުބާރު ކުންފުންޏަށް ލިބޭނެ ކަމާމެދު އެމްޑީގެ ހިތުގައި ޝައްކެއް ނެތެވެ.

ހަމައެކާއެކު ކުންފުނި ހިންގަން ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދާ, ހެދޭ ގޯސްތައް ދެނެގަނެ, ޕާފޯމެންސް އެސެސްމެންޓް ރިޕޯޓެއް އެކުންފުނިން ދަނީ ތައްޔާރު ކުރަމުންނެވެ. އަދި މި ހިނގާ ފަސް އަހަރުގެ މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އާރުޑީސީއަކީ މާ ބޮޑު އެސެޓެއް އޮތް ކުންފުންޏެއް ނޫނެވެ. އެހެންވެ, ރަށްރަށުގައި ހިންގާ ގިނަ ޕްރޮޖެކްޓްތައް ހިންގަނީ މެޝިންތައް ކުއްޔަށް ނަގައިގެންނެވެ. ގިނަ ރަށްރަށުގައި މަސައްކަތް ކުރަން ޖެހޭތީ ދަތުރުފަތުރަށް ވެސް ބޮޑު ޚަރަދެއްދެއެވެ. އެމްޑީގެ ވިސްނުންފުޅަކީ އެސެޓް އިތުރުކޮށް ކުންފުނި ވަރުގަދަ ކުރުމެވެ. އެހެންނަމަވެސް ޕްރައިވެޓް ކުންފުނިތައް އެއްކޮށް ދޫކޮށްލުމުގެ ވިސްނުންފުޅެއް ނެތެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި ކުންފުނި އަރާނީ ޕްރައިވެޓް ސެކްޓާއާއެކު އެ ފަރާތްތައް ވެސް ވަރުގަދަ ވެގެންނެވެ.

އަމާޒު ދިވެހި އަސްދަނޑިން ބޭރަށް

ކުންފުނި ހަމައަކަށް އަޅުވާލުމަށްފަހު އަލީ ޒާހިރު ވިސްނުން ހުރީ ދިވެހި މާކެޓް ހުރަސްކޮށް, ކުންފުނީގެ މަސައްކަތް ބޭރު ޤައުމާ ހަމައަށް ގެންދާށެވެ. ޕްރަޑަކްޓް ލައިން ވަރުގަދަކޮށް, އާރުޑީސީގެ ކޮލިޓީ މަސައްކަތް މެދުއިރުމައްޗާ ހަމައަށް ގެންދާށެވެ.

"އަޅުގަނޑުމެންގެ ޕްރޮޖެކްޓް ލައިން ވަރުގަދަވެ, އަޅުގަނޑުމެންގެ މުވައްޒިފުން ގޮސް, ރާއްޖެއިން ބޭރުގެ މަގެއް ހެދުމަކީ އަޅުގަނޑު ދެކޭ ހުވަފެނެއް" އަލީ ޒާހިރު ވިދާޅުވިއެވެ.

މިއީ ކުރަން މާ އުދަނގޫ ކަމެއް ކަމަށް އަލީ ޒާހިރު ދެކެވަޑައިނުުގަންނަވައެވެ. އާއްމުކޮށް މެދުއިރުމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަނީ މި ސަރަހައްދުގެ ޤައުމުތައް ކަމަށްވާ އިންޑިއާ އަދި ޕާކިސްތާނުގެ ކުންފުނިތަކުންނެވެ. ދިވެހިންނަށް މިކަން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

އަލީ ޒާހިރު ޤަބޫލުކުރައްވާ ގޮތުގައި އާރުޑީސީއަކީ މުސްތަޤްބަލު ވަރަށް އުޖާލާ ކުންފުންޏެކެވެ. ކުންފުނީގެ ހިންގުން ހަރުދަނާ ކުރެވިއްޖެނަމަ އެއީ ސަރުކާރުގެ ކުންފުނިތަކުގެ ތެރޭގައި ގުނާލެވޭނެ ކުންފުންޏެކެވެ.

"މުސްތަޤްބަލު ވަރަށް ރަނގަޅު ކުންފުންޏެއް މިއީ. އެއީ ސަރުކާރުން ކުރަން ކަނޑައަޅާފައިވާ ކަންކަމާއި, ރައީސްގެ ވައުދުތަކަށް ބަލާއިރު, ވަރަށް މަސައްކަތް." އަލީ ޒާހިރު ވިދާޅުވިއެވެ.

"ސަރުކާރާ ރައްޔިތުން އިތުބާރު ގެނެވިއްޖިޔާ, މިއީ ގުނާލެވޭ ކުންފުންޏަކަށް ވެގެންދާނެ."

އަލީ ޒާހިރު ޤަބޫލު ކުރައްވާ ގޮތުގައި އާރުޑީސީގައި މާގިނަ ހަރުމުދަލަކާ ރައުސްމާލެއް ނެތަސް, ކުންފުނީގެ ބޮޑު އެސެެޓެއް އެބައޮތެވެ. އެއީ ކުންފުނީގެ ޚިދުމަތްތެރި މުވައްޒިފުންނެވެ.

އާރުޑީސީގައި މިވަގުތު ދާއިމީ 600 މުވައްޒިފުން އެބަތިއްބެވެ. އަދި 1200 ވަގުތީ މުވައްޒިފުން އެބަތިއްބެވެ. ޒުހައިރު ވިދާޅުވީ, ކުންފުނި މިވަގުތު އޯވާ ސްޓާފް ނަމަވެސް, މުވައްޒިފުންނާއެކު ކުރިޔަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސްމާލު ކަމަށް އޭނާ ދެކިވަޑައިގަންނަވެވެ.

"މި ކުންފުނީގެ ސްޓާފުންނަކީ ވަރަށް ކުޅަދާނަ ބައެއް. ޚާއްސަކޮށް ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަނީ" އަލީ ޒުހައިރު ވިދާޅުވިއެވެ.

Ads by Ooredoo
  1. ތަމެންދޯ

    މުއިއްޒު ސަރުކާރުން ނޫޅޭ މަރުގެ އަދަބުދޭން އޭނާ އެއުޅެނީ އެމެން ބޮޑު ކަޓެއް ލަންކާގެ ކުންފުންނަކާއި އެކު ޖައްސާ ހުޅުމާލޭން 1000 ހެކްޓުގެ 100 ބިން ލަންކާގެ ކުންފުންނަކަށް ފުށިދިއްގަރު ފަޅު ހިއްކާތީ ނަމުގައި ދީގެން އެކަން އޮތްބާލަން ދެން ކައްޕަޅިވާހަކައޭ ދައްކަނީ ތިޔާ ލަންކާ ކުންފުންނިން ފުށިދިއްގަރު ފަޅުހިއްކަނީ އެމްޓީސީސީން ކުއްޔަށް ގެނެސްފައިވާ ކޮންނަ ބޯޓަކުންނޭ އެމްޓީސީސީން ތެލާއި އަދި އެމްޓީސީސީ މުވައްޒަފުން އެކަން ކުރަނީ ދެން ލަންކާ ކުންފުނިން ވައްކަމޭ ކުރަނީ ސަރުކާރާއި ގުޅިގެން މީކުރާކަމަކީދޯ