2 ހަފްތާތެރޭގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
2 ހަފްތާ ތެރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިތަކެތި އަތުލައިގަނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ހިންގެވި އޮޕަރޭޝަނެއްގައިކަމަށެވެ.
އަދި މި އޮޕަރޭޝަންގައި ފާއިތުވި 2 ހަފްތާ ތެރޭ 5.5 މިލިއަން ރުފިޔާގެ ބަނގުރަލާއި މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤާނޫނާއި ޤަވައިދުތަކާއި ޚިލާފަށް އުޅެމުންދިޔަ 53 ބިދޭސީ މަސައްކަތްތެރިން ހިފަހައްޓާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
Ads by Allied Insurance