ޚަބަރު

ހުޅުމާލޭގައި ފިރިހެނަކު ތޫނު އެއްޗަކުން އަންހެނަކަށް ހަމަލާ ދީފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުޅުމާލޭގެ ފްލެޓެއްގައި ފިރިހެނަކު އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.

Ads by Sosun Fihaara

މިކަން ހިނގައިފައި ވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގައެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅީ މިއަދު 18:50ގައެވެ.

ފުލުހުން ބުނީ، އަނިޔާ ލިބުނު އުމުރުން 51 އަހަރުގެ އަންހެން މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އަންހެން މީހާގެ ޙާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ، މިހައިތަނަށް ބެލި ބެލުމުން، މި ޙަމަލާ ދީފައި ވަނީ، އާޢިލީ މައްސަލައެއްގައި ދަރިއަކު އޭނާގެ މަންމަ އަކަށް ކަމަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލަ، ފުލުހުން އަންނަނީ ތަޙުޤީޤު ކުރަމުންނެވެ.

(ތަފްޞީލު އަންނަނީ)

Ads by Allied Insurance
  1. ކުޑަހުސޭނު

    ލަސްކުރުމުގެ ބޭނުމެއްނެތް
    މަޔަކައް ހަމަލާ ދިނީމާ ހަވަރައް ދޭންވީ ނޫނީ މީހުން ގިނަ ތާކު ދަންޖައްސަންވީ