މަންމައަށް ހަމަލާދިން މީހާއަށް މިނިސްޓްރީގެ ބެލުމުގެ ދަށުން ފަރުވާ ދެނީ
ހުޅުމާލޭ ފޭސް އެކެއްގެ ފްލެޓެއްގައި ތޫނު އެއްޗަކުން މަންމައަށް ހަމަލާދިން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ވިދާޅުވީ 25 އަހަރުގެ އެ މީއާހައަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން ފަރުވާ ދެމުންދާ ކަމަށެވެ.
އެ ހާދިސާ ހިނގީ ރޭ އިރާކޮޅު 7:00 ޖަހަން އުޅެނިކޮށެވެ. އެ ހާދިސާގައި ޒަހަމްކޮށްލި މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.
Ads by Allied Insurance