ނައީޝް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް، ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު ބަލައިފި!
![](https://dhen.mv/wp-content/uploads/2023/12/F4BB369A-AE4B-4542-AF98-8D5AE09C85E9-800x548.jpeg)
އައްޑޫ ސިޓީގައި މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާޗު އެންޑް ރެސްކިޔު އޮޕަރޭޝަންގައި ބޮޑު ސަރަހައްދެއް ބަލައިފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ނައީޝް ހޯދުމަށް ކުރިއަށް ގެންދާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔަރ ނޯޓިކަލް މޭލު، ކަނޑު މަގުން 300 ސްކޮޔަރ ނޯޓިކަލް މޭލު އަދި ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް އިއްޔެ ބަލާފައިިވާ ކަމަށެވެ.
ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތިދުވަހުގެރޭ 22:10 ހާއިރުއެވެ.
ނައީޝް ގެއްލިފައިވަނީ އިތުރު ތިން މީހަކާއި އެކު ސ.ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅުމުގެ ތެރޭގައެވެ. ނައީޝް ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައިގެން ހިއްސާކުރުމަށް އެމްއެންޑަިއެފުން ވަނީ އެދިފައެވެ.