ޚަބަރު

މީހުން ދިރިއުޅޭ ރަށްރަށުގައި ކްރިސްމަސް ފާހަގަކޮށްފިނަމަ، ފިޔަވަޅު އަޅާަަނަން: ފުލުހުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކްރިސްޓިއަން ދީނުގެ މީހުން ފާހަގަކުރާ "ކްރިސްމަސް" ދުވަހުގެ އެއްވެސް ހަރަކާތެއް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ނުހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންގައިފިއެވެ.

Ads by MWSC

ފުލުހުން ބުނީ، މީހުން ދިރިއުޅޭ ރަށްރަށުގައި، ކްރިސްމަސް ފާހަގަ ކުރުމަށްޓަކައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށާއި، އެއީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކުގައި ވެސް މަނާ ކަމެއް ކަމަށެވެ.

"އެހެންކަމުން ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި، އެއްވެސް ހަރަކާތެއް ނުހިންގުމަށާއި، މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ."

މާދަމާ އަކީ ކްރިސްޓިއަނުން، ކްރިސްމަސް ފާހަގަކުރާ ދުވަހަށްވާއިރު، ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްތަކުގައި މި ދުވަސް ފާހަގަކުރި މައްސަލަތައް މީގެ ކުރިން ފެންމަތިވެފައި ވެއެވެ.

 

Ads by Allied Insurance
  1. ވަގުންނޭ

    އެމްޓީސީސީ ގެ ޑްރެޖަރު ބޭނުންކޮށްގެން ފުށިދިއްގަރު ފަޅު ހިއްކާއިރު ދެން އެއްވެސް މެޝިނަރީ އެއް އަދި ވެހިކަލެއް ވެސް ނެތް އަދި ފައިސާ އެއްވެސް ނެތް ލަންކާ ކުންފުންނެއް ނަމުގައި ފުށިދިއްގަރު ހިއްކާ ކަމަށް ސަރުކާރުން ބުނަނީ ހަގީގަތުގައި ތިޔާ ފަޅު ހިއްކަނީ އެމްޓީސީސީންނޭ ދެން ލަންކާކުންފުންޏަށް ހުޅުމާލޭން 100 ހެކްޓަރުގެ ބިން ހިލޭ ދޭންޖެހެނީ ކިއެއްވެތޭ މީ ސީދާ މުއިއްޒު ސަރުކާރުން މަޖްލީހުގެ އިންތިޚާބަށް ލަންކާ ކުންފުނިން 250 މިލިއަން ޑޮލަރުހޯދަން ކުރާ ބޮޑު ވައްކަމެކޭ ވަގުންނޭ ވަގުންނޭ މިބަެި އެބަ އަޅާ ދަ ޑިމޮކްރެޓްސް އަދި ޖޭޕީ އަށް ވެސް ދަ ޑިމޮކްރެޓްސް އަށް 75 މިލިއަން ޑޮލަރު ގާސިމަށް 60 މިލިއަން ޑޮލަރު އެބަދޭ މަޖްލީހުގައި ވަޒީރުންނަށް ވޯޓް ހޯދްން ވެގެންނޭ ވަގުންނޭ ވަގުންނޭ