ޚަބަރު

ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ފެބްރުއަރީ 17 ގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ މަޖިލިސް ޕްރައިމަރީ އަންނަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ބާއްވާގޮތަށް އެ ޕާޓީން ނިންމައިފިއެވެ.

Ads by MWSC

ޑިމޮކްރެޓްސްއިން ވިދާޅުވީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީގެ ފަރާތުން ހުރިހާ އިންތިހާބީ ދާއިރާކަށް ވާދަކުރުމަށާއި، ޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޕާޓީގެ އިދާރީ ހިންގުމުގެ ބޭނުމަށް އުފައްދާ އިންތިހާބުތަކާ ގުޅޭ ކޮމިޓީގެ ބެލުމުގެ ދަށުން ފެބްރުއަރީ 17، 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ފާސްކޮށްފައިވާ ކަމަށެވެ.

އަދި، އެ ޕްރައިމަރީއަށް ކުރިމަތިލާ ފާރާތްތަކަކީ ފެބްރުއަރީ 4، 2024 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓާވެފައިވާ މެމްބަރެއްކަމުގައިވުމުގެ އިތުރުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަވާ މެމްބަރެއް ކަމުގައިވާންޖެހޭނެ ކަމަށް ވެސް އެ ޕާޓީން ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރައިމަރީއަށް ކުރިމަތިލާން އެދި ހުށަހަޅާ ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުރިމަތިލާ މީހާގެ ކުށާއި ދަރަނީގެ ރިކޯޑު ސާފުކޮށްފައިވާ ފޯމާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ޖިނާއީ ކުށްތަކާ ގުޅޭ ރިކޯޑް ސާފުކޮށްފައިވާ ފޯމު ހުށަހެޅަން ޖެހޭނެކަމަށް އެ ޕާޓީން ވިދާޅުވިއެވެ.

ޑިމޮކްރެޓްސްއިން ވިދާޅުވީ ޕްރައިމަރީގައި ވޯޓު ދެވޭނީ ފެބްރުއަރީ 4، 2024 ވާ އާދިއްތަ ދުވަހުގެ ކުރިން އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓާ ކުރެވޭ މެމްބަރުންނަށްކަމަށެވެ.

Ads by Allied Insurance
  1. ވަގުންނޭ

    އެމްޓީސީސީ ގެ ޑްރެޖަރު ބޭނުންކޮށްގެން ފުށިދިއްގަރު ފަޅު ހިއްކާއިރު ދެން އެއްވެސް މެޝިނަރީ އެއް އަދި ވެހިކަލެއް ވެސް ނެތް އަދި ފައިސާ އެއްވެސް ނެތް ލަންކާ ކުންފުންނެއް ނަމުގައި ފުށިދިއްގަރު ހިއްކާ ކަމަށް ސަރުކާރުން ބުނަނީ ހަގީގަތުގައި ތިޔާ ފަޅު ހިއްކަނީ އެމްޓީސީސީންނޭ ދެން ލަންކާކުންފުންޏަށް ހުޅުމާލޭން 100 ހެކްޓަރުގެ ބިން ހިލޭ ދޭންޖެހެނީ ކިއެއްވެތޭ މީ ސީދާ މުއިއްޒު ސަރުކާރުން މަޖްލީހުގެ އިންތިޚާބަށް ލަންކާ ކުންފުނިން 250 މިލިއަން ޑޮލަރުހޯދަން ކުރާ ބޮޑު ވައްކަމެކޭ ވަގުންނޭ ވަގުންނޭ މިބަެި އެބަ އަޅާ ދަ ޑިމޮކްރެޓްސް އަދި ޖޭޕީ އަށް ވެސް ދަ ޑިމޮކްރެޓްސް އަށް 75 މިލިއަން ޑޮލަރު ގާސިމަށް 60 މިލިއަން ޑޮލަރު އެބަދޭ މަޖްލީހުގައި ވަޒީރުންނަށް ވޯޓް ހޯދްން ވެގެންނޭ ވަގުންނޭ ވަގުންނޭ

  2. ވަގުންނޭ

    ފުށިދިއްގަރު ފަޅުހިއްކާ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުން ލަންކާ ކުންފުންނާއި އެކު ވެފައިވާ އެއްބަސްވުން ހާމަ ކުރުމަށްޓަކައި އެއެއްބަސްވުން ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވީ ނޫންތޭ އެއިރުން ސަރުކާރަށް ވަގަށް ގޮވަމުން މިކަމުގައި މިދާ ދިއުމަށް ހުއްޓުން އަންނާނެ ނޫންތޭ ވަގުންނޭ ވަގުންނޭ ވަގުންނޭ