ޚަބަރު ސިޔާސީ

ޝަރީފު ސިޔާސީ މައިދާނާއި ދުރަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ސިޔާސީ ކަންކަމާ ދުރަށް ޖެހިވަޑައިގަތުމަށް ނިންމަވައިފިއެވެ.

Ads by STELCO

އޭނާ މިކަން އިޢުލާނުކޮށްފައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ޝަރީފު ވިދާޅުވީ ސިޔާސީ މައިދާނުގައި އިތުރަށް މަސައްކަތް ކުރުމުގެ ޝައުޤެއް މި ވަގުތު އޭނާގެ ނެތް ކަމަށާއި، އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވެސް ވާދަނުކުރައްވާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ސިޔާސީ ދާއިރާގައި މިހައި ގިނަ ދުވަހު މަސައްކަތް ކުރެވުނު އިރުވެސް އޭނާއަށް ކުރެވުނު ރަނގަޅު ކަމެއް ނުފެނުނު ކަމަށެވެ.

ޝަރީފު ވަނީ 20 އަހަރަށް ވުރެން ގިނަ ދުވަސްވަދެން މަޖިލީހުގެ މެމްބަރުކަން އަދާކުރައްވައިފައެވެ.

Ads by Ooredoo
  1. އަދުރޭ

    ތައުލީމީ ފެންވަރެއް ސަރީފު ނުހުންނާނެ ކުރީގާވެސް އުޅުނީ ގެސްޓުންގޮވާގެން ސޮޕުތަކައްގެންދަން

  2. ޢަޒްރާ

    ސިޔާސީ ގޮތުން އިސްތިއުފާ ދީފަ ދުރައް ދިޔައިމަ ތިކަން ގަބޫލުކުރެވޭނީ ގައުމަށް ހެޔޮ އެދެންޏާ ގައުމާއި ރައްޔިތުން އިސް ކުރައްވާނެ

  3. ނުހޮވޭނެކަން ޔަގީންވާތީ!

  4. ދޮށީބޭ

    ޑރޕ.ގެހިތްގައިމު ފިނިހިޔަލުގަ މައުމޫނުގެ ރަންރިހިއުފާވެރި ޒަމާނުގަ ޝަރީފަކީވެސް މެދު އުޑުގަ ވިދާލި ތަރިއެއް…ނަމަވެސް އެމްޑީޕީގެ ދިލަހޫނުގަދަ އަވާމެންދުރަށް މަކަރުވެރިކަމުގެދަންތުރައިގަޖެހި މީހާ މުޅިން ހަފުސްވެގެން ތި ދިޔައީ…ޒުވާންކަންގެއްލި މީހާ މުޅިން ޗޮމްޕޮރޮސްވީ…

  5. އަސްލު

    ނިއްމުންގޯހެއްނޫން