ޚަބަރު

ފާރެއް ވެއްޓި ދަތުރު ގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ފާރެއްވެއްޓި، ދަތުރުގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެއެވެ.

Ads by MWSC

މިކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ބުނީ ފާރެއްވެއްޓި، ޅ.ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުނު ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި ދެމީހުން އިތުރުފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު ފަތިހު 05:19 ހާއިރު ކަމަށާއި ހާދިސާގެ ރިޕޯޓު ލިބުމާއެކު ވަގުތުން ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މިގޮތުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ "ހާބަރކްރާފްޓް 116" ގައި 06:47 ހާއިރު އެ ސަރަހައްދަށް ގޮސް، މިއަދު 08:00 ހާއިރު އެ ހާދިސާގައި އަނިޔާ ލިބުނު އަންހެންމީހާ (57 އަހަރު) އާއި ފިރިހެން މީހާ (27 އަހަރު) އަވަސް ފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ހާމަ ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!