ޚަބަރު

ގޭސް ލީކުވެ ހިނގި ހާދިސާއެއްގައި އަންހެނަކު ފިިހިއްޖެ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާލޭގެ ގެއެއްގައި ގޭސް ލީކުވުމާގުޅިގެން ހިނގި ހާދިސާއެއްގައި ދިވެހި އަންހެނަކު ފިހިއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މި ހާދިސާ ހިނގާފައި ވަނީ މ. ބްލޫލައިޓް ނަމަކަށްކިޔާ ގެއެއްގެ 6 ވަނަ ފަންގިފިލާގައި ކަމަށެވެ.

Ads by STELCO

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 14:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އެގޮތުން މ. ބުލޫލައިޓް ގޭގެ 6 ވަނަ ފަންގިފިލާގައި ހިނގި ގޭސް އެކްސްޕްލޯޝަންގައި އަނިޔާވެފައިވަނީ އެ ގޭގައި ދިރިއުޅޭ ދިވެހި އަންހެނަކަށް ކަމަށާއި އެމީހާގެ ހަށިގަނޑުގެ %10 ފިހިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެހެން ކަމުން އަވަސް ފަރުވާ ދިނުމަށް އޭނާ ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

މި ގޭސް އެކްސްޕްލޯޝަންގެ ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއްވެސް ތަޅައިގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

އެމްއެންޑީއެފުން ބުނީީ މި ގޭސް އެކްސްޕްލޯޝަން ހިނގާފައި ވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓަ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ މިހާރު އެ އުނދުނަށް ގުޅާފަ އިން ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!