ޚަބަރު

މޫސުން ވަރަށް ގޯޯސް، މާލެ އަތޮޅުން ވ އަތޮޅަށް އޮރެންޖު އެލާޓް!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާލެ އަތޮޅުން ފެށިގެން ވ. އަތޮޅަށް ނެރެފައި އޮތް ރީނދޫ އެލާޓް އޮރެންޖް އެލާޓަކަށް ބަދަލު ކޮށްފިއެވެ.

Ads by STELCO

މެޓް އޮފީހުން ވިދާޅުވީ، ދެ ގަޑިއަރަށް އޮރެންޖް އެލާޓް ނެރެފައި ވަނީ، މާލެ އަތޮޅާއި އަރިއަތޮޅަށް، މިއަދު 15:15 އިން 17:15އަށް ކަމަށެވެ.

މި އެލާޓް ނެރެފައި ވަނީ ބޯކޮށްވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީއެވެ.

މިއަދު ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ޖުމްލަ 13 އަތޮޅަކަށް ޔެލޯ އެލާޓު ނެރެފައެވެ.

އެލާޓު ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. އެލާޓު ނެރެފައި ވަނީ މިއަދުގެ މެންދުރު 13:00 އިން 17:00އާ ހަމައަށެވެ.

މެޓުން ވިދާޅުވީ، އެ ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.

މެޓް އޮފީހުން ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރަ މާދަމާއި ހަަމައަށް ދެމިގެންދާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

Ads by Ooredoo
  1. ދިސްވޭ

    ފެނަކީ އަސާސީ ޚިދްމަތެކޭ ގުދުރަތުން މިދުނިޔެއަށް ދެއްވާފައިވާ ފެން ކަވަރުކުރަނީ ދުނިޔޭގެ %70 ސާރފޭސް އެކަމަކު އެއީ ދުނިޔޭގެ ޖުމްލަ ބަރުދަނުގެ %0.05 އަދި ދުނިޔޭގައިވާ ހުރިހާ ފެން އެއްކޮށްލުމުން އޭގެ އަދަދަކީ 1.386 ބިލިއަން ކިއުބިކް ކިލޯމީޓަރު މިއަދަދުގެ %97.5 އެއީ ލޮނުފެން އަދި %2.5 އެއީ ތާޒާ ފެން ދެން ހަމައެކަނި ފެނުގެ %0.03 އެއީ ބިމުގެ އަޑީގައިވާ ފެނުގެ ގޮތުގައި ހުރި އަދަދަކީ މީގެ ސަބަބުން ދުނިޔެ އަށް ދިރުން ލިބިގެން ދަނީ އަދު ދަނެގަންނަންވީ ވޯޓަރ ސައިކަލް މަސައްކަތް ކުރާގޮތޭ އެއަށް ކިޔާނެއޭ ހައިޑްރޮލޮޖިކް ސައިކަލް ވެސް އެއީ އަބަދުވެސް މެދުކެނޑުމެއް ނެތި 5 ގިންތި ތަކެއްގެ ދަށުން މަސައްކަތް ކުރާ ނިޒާމެކޭ އެއީ 1. އިވަޕޮރޭޝަން 2. ކޮންޑެންޒޭޝަން 3. ޕްރެސިޕިޓޭޝަން 4. ރަންއޮފް 5. ޕާރކޮލޭޝަން. ވޯޓަރ ސައިކަލް ފެށެނީ އެއީ އިވަޕޮރޭޝަން އިންނޭ އެއީ އިރުގެއަލީގެ ދޯދި އާއި ހަކަތައިގެ ސަބަބުން މޫދުގައި ހުންނަ ލޮނު ހޫނު ވެގެން މައްޗަށް އަރާ ދުނިޔޭގެ ހައިޑްރޮސްޕިއަރ އަށް ވުރެން މައްޗަށް އަރާ އެޓްމޮސްޕިއަރ އާއި ހަމައަށް ވާސިލް ވުމޭ އެއަށްފަހު ވޭޕަރ ގޭސް ގެ ޓެމްޕްރޭޗަރ ދަށްވެ ފެން ތިކި ތަކަށް ބަދަލުވެއޭ މިއަށް ކިޔަނީ ކޮންޑެންޒޭޝަންއޭ އެއަށްފަހު ފެންކުދި ތިކިތައް އެކުވެ އެބޮޑުވުުމުން އެބަދަލުވަނީ ވިލާތަކަށޭ ދެން ފެނުގެ ބަރުދަން ބޮޑުވެ ބަރުވުމުން ފެން ވިލާ ގަނޑުން ތިރިއަށް ބިމަށް އަނެއްކާ އެފެން ފައިބަނީއޭ މިއަށް ކިޔަނީ ޕްރެސިޕިޓޭޝަން ދެން އެއަށް ފަހު ފެން ބިމަށް ވެހުމުން ފެން ބިމުގެ ފަށަލައިން ބިމުގެ އަޑިއަށް ހިނދިގެން ދެއޭ މިއަށް ކިޔަނީ ރަންއޮފް ދެން މިފެން ބިމުގެ އެކި ފަށަލަ ތަކުން ފިލްޓަރ ވެގެން ބިމުގެ އަޑިއަށް ދަނީ މިއަށް ކިޔަނީ ޕާރކޮލޭޝަން. އަދު ރިވަރސް އޮސްމޯސިސް ފެން ޕްލާންޓް ބޭނުންކުރާ އިރު ހައި ޕްރެޝަރ ޕަންޕް އިން ލޮނު ފެން ފިއްތާލުމަށް ފަހު މެމްބްރޭންގެ ތެރެއަށް ދޫކޮށްލުމުން ފެންތިކި ލުއިވުމުން ލުއި ފެންތިކި މެމްބްރޭން ތެރޭން ފެނުގެ ގޮތުގައި އުފެދެނީ މިވެސް އެއީ ބިމަށް ފެންހިންދާ ތިއަރީ ބޭނުންކޮށްގެން ދުނިޔޭގެ އިންޖިނިއަރިންގް ކޮމިއުނިޓީން އުފެއްދި ތިއަރީ އަދު ސީވޯޓަރ ރިވަރސް އޮސްމޯސިސް ޓެކްނޮލޮޖީ މިވަނީ އިންސާނުންގެ ދިރިއުޅުމުގެ ބައިވެރިއަކަށް ހަދާފައޭ. މީ ވާރޭ ފެން ހެދޭ ގޮތުގެ ކުރު ތައާރަފް އެކޭ އެޕްލިކޭޝަން އޮފް ސައެންސް އެން އިންޖިނިއަރިންގް ޓެކްސް ފޮތުގައި މިއިތުރަށް ހިސާބު އިލްމާއި އެކު ބަޔާން ކޮށްދީފައިވާނެއޭ…

  2. of course like your website but you have to check the spelling on several of your posts A number of them are rife with spelling issues and I in finding it very troublesome to inform the reality on the other hand I will certainly come back again

  3. ބަލާތި

    ހުޅުމާލޭން ޖުމްހޫރީ މައިދާން ވަރުގެ 100 ބިން ލަންކާ ކުންފުންނަކަށް ހިލޭ މިސަރުކާރުން ދޭން ޖެހުނީ ކިއެއްވެތޭ އެކުންފުނިން ކުރާ ކަމަކީ ކޮބައިތޭ އެމްޓީސީސީގެ ކޮންނަ ބޯޓް ހިލޭ އެކުންފުންނަށް ދިނީ ކިއެއްވެތޭ އެމްޓީސީސީ ބަނގުރޫޓް ކޮށްލަނީ ކިއެއްވެތޭ ހުޅުމޭ ބިން ލަންކާ ކުންފުންނަށްދިނުމުގެ ކުރިން ހުޅުމާލޭން ބިން ހުސްވެއްޖެކަމަށް މި ސަރުކާރުން ބުނީ ކިއެއްވެތޭ…