ޚަބަރު

އަނބިކަނބަލުންނާއި ދަރިން ހިމެނޭ ގޮތަށް ރައީސް ނަޝީދުގެ މާލީ ބަޔާން ހުށަހަޅުއްވައިފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

އަނބިކަނބަލުންނާއި 18 އަހަރު ނުފުރޭ ދަރިން ހިމެނޭ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މާލީ ބަޔާން ހުށަހަޅުއްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ވަނީީ ފާސްކޮށްފަ އެވެ. ނަމަވެސް މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުވާ ކުދިންގެ މާލީ ބަޔާން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.

ނަޝީދު މީގެ ކުރިން ވަނީ އެމަނިކުފާނުގެ މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށާއިި އަނބިކަނބަލުން ލައިލާ އަލީގެ އިތުރުން ދެ ކުދިންގެ މާލީ ބަޔާން ވެސް ހުށަހަޅުއްވަން އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ)ބުނާގޮތުން މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންޖެހޭނެ އެވެ.

އެ މާއްދާގެ (ރ) ގައިވަނީ މާއްދާގެ (ހ)ގެ ދަށުން ހުށަހަޅާ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ނުހިމެނޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަން ވާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!