ޚަބަރު

ރައީސްގެ ޗައިނާގެ ދަތުރުފުޅު: އިންޑިއާއިން ބުނީ ރާއްޖޭގެ ރައީސް ދަތުރު ކުރައްވާ ތަނެއް އިނގޭނީ ރާއްޖެއަށް ކަމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ އާދީއްތަ ދުވަހު ޗައިނާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން ކޮމެންޓެއް ނެތް ކަމަށް އިންޑިއާއިން ބުނެފިއެވެ.

Ads by STELCO

ރާއްޖޭގައި މިހާތަނަށް ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުން ވެސް ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރައްވަނީ އިންޑިއާއަށެވެ. ނަމަވެސް ރައީސް މުޢިއްޒު ވެގެންދާނީ އިންޑިއާއަށް ވަޑައިނުގަނެ, ޗައިނާއަށް ވަޑައިގަންނަވާ ފުރަތަމަ ރައީސް އަށެވެ.

އިންޑިއާގެ އެކްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ޝްރި ރާންދިރް ޖައިސްވާލްއާ މިކަމާ ގުޅޭ ގޮތުން އިންޑިއާ ނޫސްވެރިން ވަނީ ސުވާލުކޮށްފައެވެ.

ޖައިސްވާލް ވިދާޅުވީ, ރާއްޖޭގައި ރައީސްކަން ކުރައްވާ ބޭފުޅަކު ދަތުރު ކުރައްވާނެ މަންޒިލަކާއި, ޚާރިޖީ ގުޅުންތައް ބައްޓަން ކުއްވާނެ ގޮތް އިނގޭނީ ރާއްޖެއަށް ކަމަށެވެ. އަދި އިންޑިއާއަށްވުރެ ކުރިން ޗައިނާއަށް ދަތުރު ކުރެއްވުމަކީ ރާއްޖޭގެ ނިންމުމެއް ކަމަށާއި, އެކަމަށް އިންޑިއާއިން ކޮމެންޓް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ނޫސްވެރިން ވަނީ އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބުމަށް އަންގާފައިވާތީ އެކަމުގެ އަދާހަމަ އައްސަވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ޖައިސްވާލް ވިދާޅުވީ އަދި އެކަމުގެ އަޕްޑޭޓެއް ނެތް ކަމަށެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ރަސްމީ. ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ 7 އިން 12 އަށް ޗައިނާއަށް ވަޑައިގަންނަވާނެއެވެ.

Ads by Allied Insurance
  1. ވަގުންނޭ

    މަޖީދީ ޕާރކިންގް ޒޯންގެ ދެބައިކުޅަ އެއްބައި މުއިއްޒު ވަނީ އޭނާގެ މޭޔަރު ކަމުގައި ކަޓް ނަގައިގެން ވިއްކާލާފައޭ ބޮޑު އަގުގައި އެހުރިހާ އުޅަނދު ތަކަކީ އެއީ މަޖްލީހުގެ މެމްބަރުން ކަޅު ފައިސާ އިން ގަނެފަައިވާ ޕާރކިންގް ޒޯން ތަކޭ މިހުރިހާ ވެހިކަލްސް ތައް އެތަނުން ނަގާ އެތަން ތަނަކީ އެއީ ވެލާނާގެ ބިލްޑިންގް ގައި އުޅޭ މުވައްޒަފުން ޕާރކް ކުރާނެ ޖާގަ ކަމަށް ހަމަޖައްސާށޭ މަމެންނަށް އިނގެއޭ މުއިއްޒު މޭޔަރު ކަމުގައި ކުރިވައްކަން ވަރަށް ރަނގަޅަށް އޮރިޔާންކުރާނަމޭ މިފަހަރު ކުރާނަމޭ ކުރާނަމޭ ކުރާނަމޭ ކުރާނަމޭ

  2. ޢިންޑިއާ މީހާ އަކީ ވިސްނުން ތޫނު ވަރުގަދަ ބޭފުޅެއް… ދިވެހިން ވިންނަންޖެހޭ… އެ ދިން ޖަވާބު ވަރަށް ފުރިހަމަ

  3. ޙަބީބު.

    ގެރިމޯޑީގެ ސިފައިން ބާލުވަން ޗައިނާގެ އަސްކަރީ އެހީހޯދަންޖެހޭ ބާރުގެ ބޭނުން ކޮއްގެންވިޔޔަސް އިންޑިޔާ އައުޓް ތިޔައީ ރާއްޖެޔަައް ހެޔޮއެދޭބައެއްނޫން މިކަމމުން ވަރައްސާފު