ޚަބަރު

ރާއްޖެފަދަ ރީތިކަމެއް ލިބިފައިވާ ލަކްޝަޑްވީޕް ޕްރޮމޯޓް ކުރުމުގެ ނަމުގައި ރާއްޖެއާ ދެކޮޅަށް މީސްމީޑިއާ ކެންޕެއިނެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރަން އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޕޯސްޓާއެކު, ރާއްޖެއާ ދެކޮޅަށް އެ ޤައުމުގެ މީސްމީޑިއާ އެކްޓިވިސްޓުން ނިކުމެއްޖެއެވެ.

Ads by Hajj Corporation

ލަކްޝަޑްވީޕް އަކީ ހދ. އަތޮޅު މަތިން އިންޑިއާ އާ ދެމެދު އޮންނަ އަތޮޅުތަކެއްގެ މައްޗަށް ހިމެނޭ ރަށްތަކެކެވެ. މަލިކަކީ ލަކްޝަޑްވީޕްގެ ބައެކެވެ.

މިފަހުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ލަކްޝަޑްވީޕްއަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އެރަށުގައި ފަތުރެރިކަން ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. އަދި އެރަށުގެ ޤުދުރަތީ ތީރިކަން ފެންނަ ފޮޓޯތަކާއި ވީޑިއޯތަކާއި, ފީނަންގޮސް, އެމަންޒަރުތައް ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ.

މޯދީގެ ޓްވީޓްގައި ވަނީ އެރަށް ބަލައިލަން އައުމަށް އިންޑިއާގެ މީހުންނަށް ގޮވާލައްވާފައެވެ.

މޯދީގެ ޓްވީޓަށް ފަހު ލަކްޝަޑްވީޕް ވެގެން ގޮސްފައިވަނީ އިންޑިއާގެ ޓްރެންޑިން ޓޮޕިކަކަށެވެ. ކުރިން އެތަނަކީ އޮންނަ ސަރަހައްދެއް ކަމަށް ވެސް ނޭނގޭ ބައެއް ފަރާތްތަކުން ވަނީ ލަކްޝަޑްވީޕްއަށް ދާން ދަތުރު ހަދާފައެވެ.

މޯދީގެ ޓްވީޓަކީ ރާއްޖެއަށް ދެއްވި ނުސީދާ އިންޒާރެއްގެ ގޮތުގައި އިންޑިއާގެ ނޫސްތަކުން ދެކެވެ. އެ ޓްވީޓާއެކު މީސްމީޑިއާގައި އަންނަނީ ރާއްޖެއާ ދެކޮޅަށް ކެންޕެއިނެއް ކުރަމުންނެވެ.

އެގޮތުން ލަކްޝަޑްވީޕްގައި ޓޫރިޒަމް ފެށުމާއެކު ރާއްޖެއިން "އިންޑިއާ އައުޓް"ވާނެ ކަމަށް މީސްމީޑިއާގައި ޚިޔާލުފާޅު ކުރި ބައެއް ފަރާތްތަކުން ދެކެވެ. އަދި މިކަމަކީ ރާއްޖޭގެ އިޤްތިޞާދަށް ގެއްލުން ދޭން ކުރަމުން އަންނަ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެއެވެ. އިންޑިއާއަކީ 2023 އަދި 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަންޒިލްކަން ފާހަގަކޮށްލެއެވެ.

  1. އިންޑިޔާގެ ގެރި މޯދީ އަށް ރާއްޖެއަށް ލިބެން އޮތް ރިޒުޤެއް ނުހުއްޓުވޭނެ، އަހަރެމެންނަށް ރިޒުޤު ދެަްއްވަނީﷲޞ.ވ ، ގެރި މޯދީއެއް ނޫން

  2. ެައަބްދޫ

    ޢެވެސް މޯލްޑިވްސް ކަން އެގޭ ޗާޓް އެބަހުރި އެތަނަތަން ހޯދަމާ.

    • ައައިންތު

      ކުރިންވެސް ނުހޯދުނު އެތަނެއް ދެން ހަމަ ހިލާ އެތަން އަތެއް ނުވާނެ

      • ގެރިމޯދީތަ ޜާޢްޖެޔައް ރިޒުގުދެއްވަނީ އަހަރެމެން ނޫޅެމޭ ބޮލުރޮދި ކެނޑިގެން ނޫޅެން ރާޢްޖެޔާ ނުބެހޭށޭ ގެރިމޯދީ

        ؛ހޭލާ

  3. ޖައްސާތި

    ރާއްޖެ އާއި ދެކޮޅަށް އިންޑިއާގެ ބޮޑުވަޒީރު ނިކުމެ ރާއްޖޭގެ އިގްތިސާދުގެ މައްޗަށް އެމެން ހަސަދަވެރިވާ ވަރު މިހާރު އެގިގެން މިދަނީއޭ ހަމަ އެގޮތޭ ވަނީ ލަންކާ ވެސް ދެން ލަންކާގެ ކަރުދާސް ކުންފުނި ތަކަށް ފުށި ދިއްގަރު ފަޅު ހިއްކަން ދީގެން އެމްޓީސީސީގެ ހުރިހާ ކޮންނަ ބޯޓާއި ވެހިކަލްސް ތައް އެމެން ބޭނުންކުރާއިރު އެމެންނަށް ހުޅުމާލޭން އެތައް ސަތޭކަ ހެކްޓަރެއްގެ ބިން ހިލޭ ދޭން ނުޖެހޭނެއޭ އިންޑިއާ އަށް އެޅޭނެ ބްރިޖެއް ނުހުންނާނެއޭ އެއީ ވާނެ ކަމެއް ނޫނޭ އިންޑިއާ އިން ރާއްޖޭގެ އިގްތިސާދުގެ މައްޗަށް ހަސަދަވެރިވާއިރު ދެން އެމެން ބްރިޖް ނުނިންމާނެއޭ އެ ބްރިޖް އެމީހުން އަޅަ އަޅާ ތިއްބާ ޗައިނާގެ ހިލޭ އެހީ ހޯދައިގެން މާލެ އާއި ވިލިގިލި ދެމެދު ބްރިޖް އަޅަންވީ ވެސްޓް ޕާރކް ގާތުން އެއިރުން ދެން އިންޑިއާ އަށް ހުންނާނެ ރާކަނި މަސްކެވިފައި…

  4. ކުރާށޭ

    މޮދީ މެން އިންޑިއާގެ އިގްތިސާދު ކުރިއަރުވަން އެމެން އެކުރާ މަސައްކަތް މިގައުމުގެ ވެރިން ކުރާނަމަ ޔަގީން މިގައުމުގެ އިގްތިސާދު ކުރިއަރައިގެންދާނެއޭ އިބޫ ބެލީ އެއީ އިންޑިއާ އާއި ގުޅިގެން މިގައުމު ތަރައްގީ ކުރެވޭނެ ކަމަށޭ އަދު އެއީ ދެއުއިޅި އެއްނުވާ ސިޔާސަތު ކަން އިނގެއޭ ރާއްޖޭގެ އިގްތިސާދަކީ ވަކި ގައުމަކަށް ބަރޯސާ ވާން ޖެހޭނެ ގައުމެއް ނޫނޭ އެންމެ މުއްސަނދި އޭޝިއާގެ ހުރިހާ ގައުމު ތަކާއި ގުޅިގެން މާލެ ސަރަހައްދުގައި އިންޑަސްޓްރިއަލް ޕާރކްސް ތައް ތަރައްގީކުރާށޭ…

  5. އެމީހުން އަބަދުވެސް އުޅެނީ އެހެނެވެ. ޢިންޑިއަން މިލިޓަރީ އޮވެގެން ނުވާނެއެވެ. ނަމަވެސް އިންޑިއާ އާއެކު އޮންނަ ގުޅުން އޮންނާނެއެވެ.

  6. ފޮގެޓް އިޓް

    ދިވެހިން ނުސިހޭނެ! ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަނެ އެކަންޏެއްނޫން، ދިވެހިންގެ ހޮސްޕިޓަލިޓީވެސް އިންޑިއާއަކާއި އަޅާނުކިޔޭނެ، ސޮރީ!

  7. ބަލަގަ

    ބަލަގަ އަހަރުމެންނަށް ލިބެންއޮތް އެއްޗައް ހިފެހެއްޓޭވަރުގެ ބައެއްނޫންތިޔައީކީ. ތިވެސް ހަމަ އަހަރުމެންފަދަ އިންސާނުން. އިންޑިއާ ފަތުރުވެރިން އައިސްގެން ގިނަ ރިސޯޓްތަކަށްވާނެ މާ ބޮޑުފައިދާއެއް ނޯންނާނެ. ތީ ވަރަށް ޗީޕް މާކެޓެއް. އެެކަމަކު ދެން އެއްޗެއް ނެތްތާކަށް ރަނގަޅުވާނެތާ؟ ރޫމް ރޭޓްކުންނޫން ގިނަ ރިސޯޓްތަކުގައި ޕޮރޮފިޓް ހަދަނީ. އެހެން ހިދުމަތްތަށް ވިއްކައިގެން. އިންޑިއާ ފަތުރުވެރިންނަކީ އަބަދުވެސް ” ޕަކޭޖްގައި” ހިމެނޭ ފްރީއެއްޗެއްގައިނޫނީ އަތްނުލާބައެއް. އެހެންވީއިރު ތިޔައީ ހަމަ ކުރިއެރުމެއްކަމުގައިވެސް ވެދާނެކަމަށް ބެލެވެން އެބައޮތް.

  8. ޙަބީބު.

    ދިވެހި ހޭޖެހޭ އެކަކުވެސް ގެރިމޯޑީގެ ސަރުކާރަކައް ތާއީދެއް ނުކުރާނެ އަދި އެމްޑީޕީގަ ތިބި ގައްދާރުންނައް އިންޑިޔާ އާގުޅިިގެން ރާއްޖެ އަތެއްވެސް ނުލެވޭނެ އޭގެކުރިން ރާއްޖެއިން ޗައިނާޔާ އަސްކަރީ ގުޅުުން ބަދަހިކޮއް ރަސިޔާ ސައުދީ އިރާނު މިސްރު ތުރުކީ ސިންގަޕޕޫރުފަދަ ގައުމުތަކާ ގުޅުން ގާއިމު ކުރާނެ