މާލޭ ސިޓީގެ ދެ ކައުންސިލަރުން ކޮންގްރެސް ޕާޓީއަށް!
![](https://dhen.mv/wp-content/uploads/2024/01/photo_2024-01-05-23.39.36.jpeg)
މާލެ ސިޓީ ކައުންސިލްގައި, އިދިކޮޅު އެމްޑީޕީގެ ދެ ކައުންސިލަރަކު އެ ޕާޓީން ވަކިވެ ސަރުކާރު ޕާޓީ ކޮންގްރެސް ޕާޓީއާ މިރޭ ގުޅިއްޖެއެވެ.
ކޮންގްރެސް ޕާޓީއާ ގުޅިފައިވަނީ މާލެ ސިޓީގެ ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޒިމް އާއި ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދެވެ.
މި ކަނބަލުން ކޮންގްރެސް ޕާޓީއާ ގުޅިފައިވަނީ މާލެ ސިޓީގެ ހުސްވެފައިވާ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މެނިފެސްޓޯ އިފްތިތާހުކުރަން މިރޭ ބޭއްވި ހަފުލާގެ ތެރެއިންނެވެ.
މި ދެ ކައުންސިލަރުން ކޮންގްރެސްއާ ގުޅި، މެންބާޝިޕް ފޯމް ހަވާލު ކުރެއްވީ ކޮންގްރެސްގެ ރައީސް / ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއެވެ.
އެއާއެކު ކައުންސިލް ގައި މިހާރު ހުރީ އެމްޑީޕީގެ އެންމެ ކައުންސިލަރެކެވެ. އެއީ މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު އަރީޝެވެ.
މިރޭގެ ޖަލްސާގައި ބައެއް އިތުރު ފަރާތްތަކުން ވެސް ވަނީ ކޮންގްރެސް ޕާޓިއާ ގުޅިފައެވެ.