ޚަބަރު

ވެބްސައިޓަށް ދިމާވި މައްސަލަ ދަނީ ބަލަމުން: ރައީސް އޮފީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އޮފީހުގެ ވެބްސައިޓް ހިމެނޭހެން ސަރުކާރުގެ ބައެއް ވެބްސައިޓްތަކަށް ދިމާވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގެ ވެބްސައިޓްގެ އިތުރުން ފޮރިން މިނިސްޓްރީގެ ވެބްސައިޓާއި އަދިވެސް ސަރުކާރުގެ ބައެއް މިނިސްޓްރީގެ ވެބްސައިޓްތައް ވަނީ ޑައުންވެފައެވެ.

ބައެއް ފަރާތްތަކުން ދަނީ މިއީ ސައިބަރ އެޓޭކެއް ކަަމަށް ބުނަމުންނެވެ. ނަމަވެސް ރަސްމީކޮށް އެކަން ކަށަވަރުވެފައެއް ނުވެއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އިން ބުނެފައިވަނީ ވެބްސައިޓަށް ދިމާވި މައްސަލަ ނޭޝަނަލް ސެންޓަރ ފޮރ ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާއި ކަމާގުޅުންހުރި ދައުލަތުގެ އެހެން އިދާރާތަކުން ބަލަމުން އަންނަ ކަމަށެވެ.

ސަރުކާރުގެ މުހިންމު ވެބްސައިޓަށް ޑައުންވެފައި މިވަނީ އިންޑިއާއާއި ރާއްޖޭގެ އެކްޓިވިސްޓުންނާއި ދެމެދު ބަހުގެ ހަމަލާތަކެއް މީސްމީޑިއާގައި ދައުރުކުރަމުންދާ ދަނޑިވަޅެއްގައެވެ. މީސްމީއާގައި ޒުވާބު ފެށިފައިވަނީ އިންޑިއާގެ ޓެރެޓަރީ ޔޫނިއަންއެއް ކަމަށްވާ ލަކްޝަދްވީޕް ޕްރޮމޯޓް ކުރުމުގެ ނަމުގައި އިންޑިއާއިން ރާއްޖޭގެ ޓޫރިޒަމްއާ ދެކޮޅަށް މީސްމީޑިއާ ކެންޕެއިނެއް ފެށުމާއި ގުޅިގެންނެވެ. ވެބްސައިޓް ޑައުންވުމާއި މިކަމާ ގުޅުމެއް އޮތް ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!